ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ބައިވެރިވެވަޑައިގަންނަވާ ކެމްޕެއިން ޖަލްސާއެއް މިރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ރައީސް ސާލިހުގެ ކެމްޕެއިން ޓީމުން ބުނީ ރައީސް ސާލިހު ބައިވެރިވެވަޑައިގަންނަވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ޖަލްސާއެއް މިރޭ އެމްޑީޕީގެ ހަރުގޭގައި އޮންނާނެކަމަށެވެ. މި ޖަލްސާ އޮންނަނީ މިރޭ 9:00 ޖަހާއިރުކަމަށްވެސް ރައީސް ސާލިހުގެ ކެމްޕެއިން ޓީމުން ބުނެއެވެ.

މިއީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ފެށި ފަހުން ރައީސް ސާލިހު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ޖަލްސާއެވެ.



އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. ޕްރައިމަރީގައި ރައީސް ސާލިހުގެ އިތުރުން ރައީސް ނަޝީދު ވާދަކުރައްވައެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުންވެސް ދަނީ ކެމްޕެއިން ގިނަ ހަރަކާތްތަކެއް ބާއްވަމުންނެވެ. އެގޮތުން ރައީސް ނަޝީދު ބާއްވަވާ ހަވީރުގެ ސައިފޮދެއް މިއަދު ހަވީރު ހިޔާ ފްލެޓް ސަރަހައްދުގައި އޮންނާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން