ޒަހީނުއްދީން ސަޢީދު   4 ޖެނުއަރީ 2023 - 7:9
މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެެ.

މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ފުލުހުން ހައްޔަރުކޮށްފައިވަނީ ރައީސް ޔާމިން ދޫކޮށްލުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް-ޕީއެންސީން މިރޭ މާލޭގައި ބޭއްވި މުޒާހަރާގައި ހުންނަވަނިކޮށެވެ. މޭޔަރު މުއިއްޒު ހައްޔަރުކޮށް އަތޮޅު ވެއްސަށް ގެންދިޔުމަށްފަހު މާގިނަ އިރުތަކެއް ނުވަނީސް ފުލުހުން ވަނީ އޭނާ ދޫކޮށްލާފައެވެ.

މޭޔަރު މުއިއްޒު ހައްޔަރު ކުރުމުން ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުއިއްޒު ހައްޔަރު ކުރުމަކީ ގާނޫނު އަސާސީން ލިބިދީފައިވާ ޝުއޫރު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް މާލޭގެެ ރައްޔިތުން އެމީހުންގެ މަންދޫބެއްގެ ގޮތުގައި ހޮވާފައިވާ މޭޔަރުގެ ބާރު ކަނޑުވާލުމާއި، އަޑު ކަނޑުވާލުމަށްޓަކާ ހިންގާފައިވާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

އަދި މި އަމަލަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށާއި އެ އަމަލަކީ ދިމިގްރާތީ ވެއްޓެއްގައި ކަންވެގެން ދާންޖެހޭ ގޮތް ނޫންކަމަށްވެސް އެ ބަޔާނުގައި ބުނެފައިިވެއެވެ.

ޕީޕިއެމްގެ އަގުލަބިއްޔަތު އޮންނަ މާލޭ ސިޓީކައުންސިލުން ވަނީ މޭޔަރު ވަގުތުން ދޫކޮށްލުމަށް ވެސް ގޮވާލާފައެެވެ. ފުލުހުން މޭޔަރު ޑރ. މުއިއްޒު ދޫކޮށްލާފައިމިވަނީ އޭނާ ހައްޔަރުކޮށްގެން އަތޮޅު ވެއްސަށް ގެންދިޔުމުން ސިޓީކައުންސިލުގެ ބައެއް މުވައްޒަފުން އަތޮޅުވެހި ކައިރިއަށް އެއްވެ މޭޔަރު ދޫކޮށްލުމަށް ގޮވާާލާ އިހުތިޖާޖު ކުރަމުން ދަނިކޮށެވެ.

މިއީ މުޒާހަރާއެއްގެ ތެރެއިން މޭޔަރު ހައްޔަރުކުރި ފުރަތަމަ ފަހަރުކަން ފާހަަގަކޮށްލެެވެެއެވެ.

ވ. އާރަށް މައްސަލައިގައި ކުރީގެ ރައީސް ޔާމީނަށް ދައުލަތުން އުފުލި ދައުވާ ސާބިތުވެ ރައީސް ޔާމީން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް-ޕީއެންސީން ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާގައި އެޕާޓީގެ ލީޑަރޝިޕްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން