މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ފުލުހުންގެ ބަންދުން ދޫކޮށްލުމަށް މާލޭ ސިޓީކައުންސިލުން ގޮވާލައިފިއެވެ.

ކުރީގެ ރައީސް ޔާމިން އަބުދުލްގައްޔޫމް ދޫކޮށްލުމަށް ގޮވާލާ މާލޭގައި މިރޭ ކުރިއަށް ގެންދިޔަ މުޒާހަރާއިން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ހައްޔަރުކޮށްފައެވެ. އެކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން މިރޭ ނެރުނު ނޫސް ބަޔާނެެއްގައި ވަނީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހައްޔަރުކުރި ކުރުން ކުށްވެރިކޮށްފައެވެ. އެއީ، ގާނޫނުއަސާސީން ލިބިދޭ ހައްގެއްގެ ބޭނުންކުރަމުން ދަނިކޮށް، މޭޔަރުގެ ބާރާއި އަޑު ކަނޑުވާލަން ހިންގި އަމަލެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޕީިޕިއެމްގެ އަގުލަބިއްޔަތު އޮންނަ މާލެ ސިޓީކައުންސިލްގެ މި ބަޔާނުގައި މޭޔަރު ޑރ. މުއިއްޒު ވަގުތުން ދޫކޮށްލުމަށް ވަނީ ގޮވާލާފައެވެ.

ފުލުހުން ބުނީ އިދިކޮޅު ޕީޕިއެމުން މިރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ފުލުހުންގެ ބެލުމުގެ ދަށައް ގެނެސްފައިވާ ކަމަށެވެ. އިދިކޮޅު ޕީޕިއެމްގެ ނާއިބް ރައީސްކަން ވެސް ކުރަށްވާ ޑރ.މުއިއްޒު ފުލުހުން ހައްޔަރުކޮށް ވެހިކަލަށް އަރުވާ ވީޑިއޯ ވެސް ޝޯޝަލް މީޑިޔާގައި މިހާރު ވަނީ އާންމުވެފައެވެ. ނަމަވެސް މޭޔަރު ހައްޔަރުކުރި ސަބަބެއް ނުވަތަ ކުރެއްވި ކުށެއް އަދު ކުރާ ތުހުމަތެއްވެސް ފުލުހުން އަދި ނުބުނެއެވެ.

މޭޔަރު ހައްޔަރުކޮށްގެން އަތޮޅު ވެއްސަށް ގެންދިޔުމުން ސިޓީކައުންސިލުގެ ބައެއް މުވައްޒަފުން ވަނީ އަތޮޅުވެހި ކައިރިއަށް އެއްވެ މޭޔަރު ދޫކޮށްލުމަށް ގޮވާާލާ އިހުތިޖާޖްކޮށްފައެވެ.

ރައީސް ޔާމިންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ވ.އާރަށް މައްސަލައިގައި ދައުލަތުން އުފުލި ރިޝްވަތު ހިފުމުގެ ދައުވާ އަކާއި މަނީލޯންޑަރިންގެ ދައުވާ ޝަރީއަތަށް ސާބިތުވުމުންނެެވެ. އެމައްސަލައިގައި ރައީސް ޔާމިން 5 މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާކޮށްފައެވެ. ޔާމިންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުުކުމް ބާތިލްކޮށް އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާ ޕީޕިއެމުން އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެެވެ.

ރައީސް ޔާމިންގެ މައްޗަށް އިއްވި ޖަލު ހުކުމާއެކު މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިވަގުތަށް ބަންދުވެފައިވާއިރު އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ އިތުރު މައްސަލަތަކެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ވެސް ދަނީ ހިނގަމުންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން