އަހުމަދު މަސްނޫމް   3 ޖެނުއަރީ 2023 - 22:33
ކުރީގެ ރައީސް ޔާމިން އަބުދުލްގައްޔޫމް ދޫކޮށްލުމަށް ގޮވާލާ މާލޭގައި ކުރިއަށް ގެންދާ މުޒާހަރާއިން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ހައްޔަރުކޮށްފިއެވެ.

ޕީޕީއެމުން މީޑިޔާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ރައީސް ޔާމިން މިނިވަން ކުރުމަށް ގޮވާލާ މިރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން މޭޔަރު ޑރ.މުހައްމަދު މުއިއްޒު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އިދިކޮޅު ޕީޕިއެމުން މިރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ފުލުހުންގެ ބެލުމުގެ ދަށައް ގެނެސްފައިވާ ކަމަށެވެ. އިދިކޮޅު ޕީޕިއެމްގެ ނާއިބް ރައީސްކަން ވެސް ކުރަށްވާ ޑރ.މުއިއްޒު ފުލުހުން ހައްޔަރުކޮށް ވެހިކަލަށް އަރުވާ ވީޑިއޯ ވެސް ޝޯޝަލް މީޑިޔާގައި މިހާރު ވަނީ އާންމުވެފައެވެ.



ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކޮށްފައިވާ 11 އަހަރަށް ޖަލުގެ ހުކުމާއި ގުޅިގެން އެމަނިކުފާނު ދޫކޮށްލުމަށް ގޮވާލައި އިދިކޮޅު ޕީޕިއެމުން އަންނަނީ ކޮންމެ ރެއަކު ވެސް މުޒާހަރާ ކުރަމުންނެވެެ. އެމުޒާހަރާތަކުން ހައްޔަރުކުރާ ގިނަ މީހުން ކޯޓަށް ހާޒިރުނުކޮށް ފުލުހުން ދޫކޮށްލަމުންދާކަން ފާހަގަކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު