މާލޭ ރަސްމީ ފާލަމާ ދިމާ ފަޅުތެރެއަށް އެޅިފައިވާ ތެޔޮ ނަގާ ނިންމާލައިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ކޯސްޓްގާޑް އޮއިލް ރެސްޕޮންސް ޓީމާއި މާލެ އޭރިއާ ސިފައިން ގުޅިގެން ރަސްމީ ފާލަމާ ދިމާ ފަޅުތެރެއަށް އެޅިފައިވާ ކަޅު ތެޔޮ މިއަދު މެންދުރު 13:35 ހާއިރު އެސަރަހައްދުން ނަގައި ނިންމާލައިފައިވާ ކަމަށެވެ.



އެގޮތުން 15 ބެރަލްގެ ތެޔޮ ނަގާފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. މާލެ ފަޅުތެރެއަށް 1،000 ލީޓަރުގެ ތެޔޮ އެޅިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެެވެ.

ފަޅުތެރެއަށް ތެޔޮ އެޅުނު މައްސަލަ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން މިހާރު ވަނީ ބަލަން ފަށާފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން