އެމްޑީޕީގެ މެންބަރުން ލަދުގަންނަ ޒާތުގެ ވާހަކަ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނުދައްކަވާނެ ކަމަށް އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ ޢަލީމަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި މޫކޭ މިއަދު ވިދާޅުވީ, ރައީސް ޞާލިޙަކީ ނުލާހިކު މަޑުމައިތިރި ބޭފުޅެއް ކަމަށާއި އެއީ އެންމެގިނަ ވައުދު ފުއްދަވާ, އަދި މެންބަރުންނަށް އެންމެގިނަ ފުރުސަތުތައް ހޯއްދަވައިދެއްވި "ސަޅި" ވެރިއެއް ކަމަށެވެ.

އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ފަޅުރަށްތައް ބަހާލި ބަހާލުމާއި ގުޅުވައި މޫކޭ ވިދާޅުވީ, ރަށްތަކެއް ބަހާނުލާވެސް އަސާސީ ހިދުމަތްތައް ރައީސް ޞާލިޙް ދަނީ ގާއިމު ކުރައްވަމުން ކަމަށެވެ. އަދި ރައީސް ޞާލިޙް ގައުމު ހަމައިގައި ހިފަހައްޓަވާ ކަމަށާއި ކުރިއަށް އޮތް އެ ޕާޓީގެ ޕްރައިމަރީ ރީތިކޮށް ރައީސް ޞާލިހު ނަންގަވާނެކަމަށް ވެސް މޫކޭ ވަނީ ވިދާޅުވެފައެވެ.



މޫކޭ ފާހަގަ ކުރެވިފައިވަނީ ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ އަދި އެމަނިކުފާނުގެ ކެމްޕޭނުގައި ވަރަށް އިސްކޮށް އުޅުއްވާ ބޭފުޅެއްގެ ގޮތުގައެވެ.

މިމަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންކަމަށްވާ ރައީސް ޞާލިޙާއި ރައީސް މުޙައްމަދު ނަޝީދު ވެސް ގެންދަވަނީ ފޯރިގަދަ ކެމްޕޭންތައް ބާއްވަވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން