މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވޯޓް ލެވޭ މީހުންގެ ދާއިމީ ލިސްޓް އެމްޑީޕީން މިއަދު އިއުލާންކޮށްފި އެވެ.

ސަރުކާރު ހިންގާ މައިޕާޓީ، އެމްޑީޕީން ބުނީ އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި އެޕާޓީގެ 57،255 މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލެވޭނީ މިދިޔަ މަހުގެ 18 އާ ހަމައަށް އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް އެކަނި ކަމަށް އެޕާޓީން މައުލޫމާތުދެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު