ރިޔާސީ އިންތިހާބު ގާތްވާ ވަރަކަށް ދައްކަން ލައްކަ ވާހަކަ ހުންނާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ އިންތިހާބު ގާތްވާ ވަރަކަށް ދައްކާނެ ލައްކަ ގިނަ ވާހަކަ ހުންނާނެ ކަމަށެވެ. އެ ވާހަކަތަކަށް އިންސާފު ކުރައްވާނީ ވޯޓު ދޭން ތިބި ރައްޔިތުން ކަމަށް އިމްރާން ވިދާޅުވިއެވެ.





އިމްރާން މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭންގެ ފޯރި ގަދަވެ ދެފަރާތުގެ ބަހުގެ ހަމަލާތައް ވެސް ވަރަށް ބޮޑަށް ވަރުގަދަ ވެފައިވާ ދަނޑިވަޅެއްގައެވެ.

ޕްރައިމަރީގައި ވާދަކުރަށްވާ ރައީސް ނަޝީދު މިހާރުވެސް ގެންދަވަނީ ޕްރައިމަރީ ކާމިޔާބު ކުރަށްވައި ވެރިކަމަށް ވަޑައިގެން ގިނަ ކަންތައްތަކެއް ކޮށްދެއްވަން ވައުދުވެވަޑަައިގަންނަމުންނެވެ. އެގޮތުން ވެރިކަން ލިބިވަޑައިގެންފިނަމަ ބޯހިޔާވަހިކަމުގެ މަައްސަލަ ހައްލުކޮށް ޓެކްސް ކުޑަކޮށް ދެއްވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އިމްރާންގެ ވާހަކައިގައި އެ އިޝާރަތް ކުރެއްވީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ނަޝީދު ދައްކަވަމުން ގެންދަވާ މިފަދަ ވާހަކަފުޅުތަކަށް ކަމަށް ބެލެވެއެވެ. އެހެން ނަމަވެސް އިމްރާންގެ މި ވާހަކަތައް ރައްދުކުރެއްވި ވަކި ބޭފުޅެއްގެ ނަމެއް ވިދާޅެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


0

ޖިހަދު

22-Feb-2023

ހިހޫތަނުން ކެވޭވަރަށް ވާހަކަ ހުނނާނެކަން މިގައުމުގެ ރައްޔިތުނނަށް އެނގޭނެ



ޓްރެންޑިން