އަހުމަދު މަސްނޫމް   3 ޖެނުއަރީ 2023 - 13:23
ވިލިމާލެއިން ފުރި ތެޔޮ ބޯޓަކުން ގެއްލިގެން ހޯދަމުންދިޔަ 2 މީހުންގެ ތެރެއިން އެކަކު ފެނިއްޖެއެވެ.

މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ފުލުހުން ހޯދަމުންދިޔައީ ގދ. ތިނަދޫ / މަނާރު، ޢުމުރުން 45 އަހަރުގެ މުޙައްމަދު ނިޡާމާއި ޢުމުރުން 35 އަހަރުގެ މުހައްމަދު ލިޓަން ނަމަކަށް ކިޔާ ބިދޭސީއެކެވެ.

ފުލުހުން ބުނީ ވިލިމާލެއިން ގެއްލިގެން، ހަބަރެއް ނުވެގެން ހޯދަމުންދިޔަ 2 މީހުންގެ ތެރެއިން އެކަކު މާލޭގެ ގެސްޓް ހައުސްއެއްގައި ހުއްޓާ ފެނިފައިވާކަމަށެެވެ. އަދި އޭނާގެ ޙާލު ރަނގަޅުކަމަށްވެސް ފުލުހުން ބުނެއެވެ.



ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދިޔަ 2 މީހުންގެ ތެރެއިން އެކަކު ފެނުނަސް، ބަންގްލަދޭޝް މީހާ އަދިވެސް ނުފެންނަކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތްކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.

ބަންގްލަދޭޝްގެ މީހަކު ގެއްލިގެން ހޯދަމުންދާއިރު ވ.ވެމްޕަރު ފަޅުގެ ހުޅަނގު އުތުރު ކަނޑުން އިންސާނެއްގެ ހަށިގަނޑެއް އިއްޔެ ވަނީ ފެނިފައެވެ.



ކިޔުންތެރިންގެ ހިޔާލު