ރ. ފުއްގިރި ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނަގައި، ފައިސާ ލޯންޑާ ކުރި ކަމަށް ބުނެ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރާ މައްސަލައިގައި ގަޒީއަކަށް އަދީބުގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރި ބޭފުޅަކު އިންނެވުމުން އެ މައްސަލައިން ގާޒީ ތަނާޒުލްވުމަށް ޔާމީންގެ ފަރާތުން އެދިއްޖެއެވެ.
ރައީސް ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ދައުވާ ކުރަނީ އެ ރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެއެވެ. ޔާމީންގެ އިތުރުން މި މައްސަލައިގައި ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް ވެސް މަނީ ލޯންޑްރިންގެ ދައުވާކުރެއެވެ. އަދި މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާވެސް ކުރެއެވެ.
މި މައްސަލައިގެ އަޑު އެހުމެއް މިއަދު ވަނީ ބާއްވާފައެވެ. މިއަދު ބޭއްވި އަޑުއެހުމަކީ އެ މައްސަލަ ބަލާ ގާޒީ ބަދަލުވި ފަހުން ބޭއްވި ފުރަތަމަ އަޑުއެހުމެވެ. ކުރިން މައްސަލަ ބެއްލެވީ، ޔާމީންގެ އާރަށު މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލެވެ. ނަމަވެސް މިހާރު އެ މައްސަލަ ހަވާލުކޮށްފައިވަނީ ގާޒީ އަލީ ނަދީމާއެވެ.
މި މައްސަލައި މިހާރު އޮތީ ޝަރީއަތުގެ ކުރިން ހުށަހަޅުންތައް ހުށަހެޅުމުގެ މަރުހަލާގައެވެ. ދެ ފަރާތަަށްވެސް އާ ހެކި ހުށަހެޅުމުގެ ފުރުޞަތު ދީފައިވާއިރު ދެން އަޑުއެހުމެއް ބާއްވާނީ އާ ހެކިތަކާއި ލިޔުންތަކާ ގުޅޭގޮތުން ހުށަހެޅުމެއް އޮތް ނަމަ ހުށަހެޅުމަށް ފުރުސަތު ދިނުމަށްކަމަށް ގާޒީ ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުމުގައި މި މައްސަލައިގައި ދައުވާ އުފުލާފައިވާ ރިޒާގެ ވަކީލު ވަނީ ގާޒީ ނަދީމް މައްސަލައިން ތަނާޒުލުވާން ޖެހޭ ހާލަތެއް އޮތް ކަމަށް ވިދާޅުވެ، ގާޒީ މައްސަލައިން ތަނާޒުލްވުމަށް އެދިވަޑައިގެންފައެވެ. ސަބަބެއްގެ ގޮތުގައި ވަކީލު ދެއްކެވީ ގާޒީ ނަދީމަކީ މި މައްސަލައިގައި ހެކިބަސް ދެއްވަން ހަމަޖެހިފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅަކަށްވުމެވެ. ރިޒާގެ ވަކީލުގެ ވާހަކަތަކަށް ޔާމީންގެ ފަރާތުންވެސް ވަނީ ތާއީދުކޮށްފައެވެ.
މިކަމާއި ގުޅިގެން މައްސަލަ ބައްލަވާ ގާޒީ ނަދީމް ވިދާޅުވީ އޭނާ އަދީބުގެ ވަކީލެއްގެ މަސައްކަތް ކުރެއްވީ، މީގެ 7 އަހަރު ކުރިން އޭނާގެ ބަންދާ ގުޅޭ ކަމެއްގައި ކަމަށެވެ. އަދި އޭނާއަށް ތުހުމަތު ކުރެވުނު ކުށެއްގެ ތަހުގީގަށް ވެސް ގޮސްފައި ނުވާނެ ކަމަށާއި ދައުވާ ކުރެވުނު ކުށަކާ ގުޅިގެން ވެސް ގާނޫނީ ހިދުމަތެއް ދީފައި ނުވާނެކަމަށެވެ. ނަމަވެސް، ތަނާޒުލުވާން އެދުނު އެދުމާ މެދު އިތުރަށް ވިސްނަވާފައި ގޮތެއް ނިންމަވާނެ ކަމަށް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވިދާޅުވިއެވެ.
ރ. ފުއްގިރީގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފައިވާއިރު، ވ. އާރަށުގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާއެއް ސާބިތުވުމާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަމަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އިއްވަވާފައެވެ. އަދި އެމަނިކުފާނު މިވަގުތު ހުންނެވީ ހުކުމް ތަންފީޒުކުރުމަށް ކ. މާފުށީ ޖަލުގައެވެ.

ކިޔުންތެރިންގެ ހިޔާލު