އަހުމަދު މަސްނޫމް   3 ޖެނުއަރީ 2023 - 9:58
ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ތާއީދު ހޯއްދެވުމުގެ ގޮތުން މަޖިލިސް ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފުވައްމުލައް ސިޓީއަށް ވަޑައިގެންފިއެވެ.

މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ތާއީދު ހޯއްދެވުމަށް ރައީސް ނަޝީދު ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރަށްރަށަށް ދަތުރުކުރުމާއި ޖަގަހަ ޖަލްސާތައް ދަނީ ބާއްވަމުންނެވެ.

ރައީސް ނަޝީދު މިއަދު ފުވައްމުލަކު ސިޓީއަށް ވަޑައިގެންފައިވާއިރު، އެމަނިކުފާނުގެ އަރިހުގައި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ހަސަން ލަތީފްއާއި ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަނަވައެވެ.

މި ދަތުރުފުޅުގެ ތެރެއިން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި، ތާއީދު ހޯއްދެވުމަށް މަސައްކަތްތަކެއް ކުރައްވާނެއެވެ.



ރައީސް ނަޝީދު ފުވައްމުލަކު ސިޓީއަށް ވަޑައިގެންފައިވާއިރު، މިދިޔަ ހަފްތާގައި އެމަނިކުފާނު ބޮޑު ތިލަދުންމަތީގެ ބައެއް ރަށްތަކަށްވެސް ވަޑައިގެންފައެވެ.

މިމަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ނަޝީދުގެ އިތުރުން ރައީސް ސާލިހުވެސް ވާދަކުރައްވައެވެ. އަދި ދެ ބޭފުޅުންވެސް ގެންދަަވަނީ ވާދަވެރި ކެމްޕެއިނެއް ކުރައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު