ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ދޫކޮށްލުމަށް ގޮވާލާ މާލޭގައި ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން މިރޭ ކުރިއަށްދިޔަ މުޒާހަރާގައޖ ބައިވެރިވި ހުޅުމާލެ ދާއިރާގެ ކައުންސިލަރ އަދި ޕީއެންސީގެ ނައިބްރައީސް އިބްރާހިމް ޝުޖާއު އާއެކު ހަ މީހަކު ހައްޔަރުކޮށްފިއެވެ.
ވ. އާރަށް މައްސަލައިގައި 11 އަަހަރުގެ ޖަލުގެ ހުކުމެއް ތަންފީޒު ކުރަމުން ގެންދާ ރައީސް ޔާމިން ދޫކޮށްލުމަށް ގޮވާލާ މިރޭ މުޒާހަރާކޮށްފައިވަނީ މަޖީދީ މަގާއި ސޯސަން މަގު ގުޅުނު ސަރަހައްދުގައެވެ. ޕީޕީއެމުން ބުނީ މިރޭގެ މުޒާހަރާގެ ތެރެއިން ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޝުޖާއު ހިމެނޭ ކަމަށްވެސް އެޕާޓީން ބުނެއެވެ.
ވ. އާރަށް މައްސަލާގައި މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާކޮށްފައެވެ. ރައީސް ޔާމިން ދޫކޮށްލަން ގޮވާލާ މުޒާހަރާކުތަމުބްދާއިރު ފުއްގިރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ހޯއްދަވައި، އެ ފައިސާ ލޯންޑާކުރި ކަމަށް ބުނާ މައްސަލައިގެ އަޑު އެހުމެއް މާދަމާ ބޭއްވުމަށް ވަނީ ނިންމާފައެވެ.
ޔާމިންގެ މައްޗަށް އިއްވި ޖަލު ހުކުމާއެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިވަގުތަށް ވަނީ ބަންދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު