މާލޭ ޢިއްޒުއްދީން ފާލަން ކައިރިން މޫދަށް އެޅިފައިވާ ކަޅުތެޔޮތައް ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 700 ލީޓަރުގެ ތެޔޮ ނަގާ ސާފުކޮށްފައިވާކަމަށް އެމް.އެން.ޑީ.އެފުން ބުނެފިއެވެ.
ޢިއްޒުއްދީން ފާލަން ނުވަތަ މާލޭ ރަސްމީ ފާލަމާއި 3 ނަންބަރު ޖެޓީއާއި ދެމެދު ގިނަ އަދަދެއްގެ ކަޅުތެޔޮ އެޅިފައި ހުއްޓާ ފެނުމާއި ގުޅިގެން އެ ތެޔޮތައް ސާފްކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
އެމް.އެން.ޑީ.އެފުން ބުނީ ރަސްމީ ފާލަމާއި ދިމާއިން ފަޅުތެރެއަށް ގާތްގަނޑަކަށް 1000 ލީޓަރުގެ ކަޅުތެޔޮ އެޅިފައިވާކަމަށް ލަފާކުރެވޭކަމަށެވެ. އެ ސަރަހައްދުން ތެޔޮތައް ނަގާ ސާފުކުރުމަށް މި ދެދުވަހު ކުރެވުނު މަސައްކަތުން މިހާތަނަށް ގާތްގަނޑަކަށް 700 ލީޓަރުގެ ތެޔޮ ނަގާ ސާފުކުރެވިފައިވާކަމަށާއި މާދަމާވެސް މި މަސައްކަތް ކުރިއަށްދާނެކަމަށް އެމް.އެން.ޑީ.އެފުން މައުލޫމާތުދެއެވެ.
މާލޭ ރަސްމީ ފާލަން ހިމެނޭ ސަރަހައްދަށް ގިނަ ޢަދަދެއްގެ ކަޅުތެޔޮ އެޅެން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ. މިކަމާގުޅިގެން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން ބުނީ ފަޅުތެރެއަށް ތެޔޮއެޅިފައިވަނީ ކިހިނެއްތޯ ބެލުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ތެޔޮ ސާފުކުރުމުގެ މަސައްްކަތުގައި އެމް.އެން.ޑީ.އެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނާއި، މާލެ އޭރިއާ މެރީންސާއި، މެރިން ޕޮލީސްގެ އިތުރުން މާލެ ސިޓީ ކައުންސިލުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު