އަހުމަދު މަސްނޫމް   2 ޖެނުއަރީ 2023 - 22:6
ހުޅުމާލޭގައި ފުލުހުންގެ ވެހިކަލެއްގައި ބަޔަކު ރޯކޮށްލައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ އެ އިދާރާގެ ވެހިކަލެއްގައި ރޯކޮށްލާފައިވާ ކަމުގެ މައުލޫމާތު ލިބުނީ މިރޭ 7:40 ހާއިރު ކަމަށެވެ. އެ ވެހިކަލްގައި ރޯވި އަލިފާންގަނޑު މާގިނައިރުތަކެއް ނުވަނީސް ނިއްވާލާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި ހާދިސާއާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު