އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ބޭނުންފުޅަށް 20000 މީހުން އެޕާޓީން ވަކިކުރި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މިމަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދާއި ރައީސް ސޯލިހް ވާދަކުރައްވަން ނިންމަވައި ކެމްޕޭންވަނީ ފަށްޓަވާފައެވެ. ޕްރައިމަރީގައި ވާދަކުރަށްވާ ރައީސް ނަޝީދުގެ ފަރާތްޕުޅުން ވަނީ އެޕާޓީން 39000 މެމްބަރުން ވަކިކުރިކަމަށް ބުނެ އެމައްސަލަ ބަލައިދިނުމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީއަށް ހުށައަޅާފައެެވެ.
އެކަމާ ގުޅިގެން އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވީ ފިޔަވަޅު އަޅާ ކޮމެޓީގައި މައްސަލަ އުފައްދައިގެން ރައީސް ނަޝީދު ބޭނުންފުޅުވެގެން މިދިޔަ 15 އަހަރުގެ ތެރޭގައި އެމްޑީޕީގެ އިސްސަފުގައި މަސައްކަތް ކުރި އެތަށް ބޭފުޅުންނެއް ގަސްތުގައި ޕާޓީން ވަކިކޮށްފައިވާ ކަމަށެވެ.
މޫސަ މިހެން ވިދާޅުވެފައިވާއިރު ރައީސް ނަޝީދާއި ޚިޔާލު ތަފާތުވެގެން އެޕާޓީގެ ލީޑަރޝިޕަށް އައި ގިނަ ބޭފުޅުން ވަނީ ޕާޓީން ވަކިކޮށް ނުވަތަ އިސްތިއުފާ ދެއްވާފައެވެ.
"އަދި އެފަދަ މީހުންގެ އާއިލާތަށް ޕާޓީ ދޫކޮށް ދިޔުމުން ޖުމުލަ 20000 މީހުން ނަޝީދުގެ ބޭނުމަށް ޕާޓީން ވަކިކުރި،" އެމްޑީޕީގެ ވިޕްލައިނާއި ޚިލާފަށް ވޯޓް ދިން ކަމަށް ބުނެ އެޕާޓީގެ ސުލޫކީ ކޮމެޓީން ޕާޓީން ވަކިކުރުމުން ގިނަ ދުވަސްތަކެއް ވަންދެން ޕާޓީއާއި ދުރުގައި ހުންނެވުމަށްފަހު ދާދިފަހުން އެމްޑީޕީ އާއި އަލުން ގުޅިވަޑައިގެންނެވި މޫސަ ވިދާޅުވިއެވެ.
އެމްޑީޕީން ވަކިކުރި ކަމަށް ބުނާ 39000 މީހުންގެ މައްސަލައިގައި ޝަކުވާ ބަލާ ކޮމެޓީގެ މެންބަރު އަހްމަދު އަބްދުﷲ އަފީފް މިއަދު ވިދާޅުވީ މެންބަރުން ދަފުތަރުން ވަކިކުރީ އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުގައި ނެތް މެންބަރުންނަށް ޕާޓީއަށް ރުޖޫޢަވުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދީފައި ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި 5،000 ވަރަކަށް މެންބަރުން އަލުން ޕާޓީއާ ގުޅިފައިވާ ކަމަށް ވެސް އަފީފު ވިދާޅުވިއެވެ.
މިމައްސަލަ އާއި ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ މީގެ ކުރިން އެމްޑީޕީގެ ދަފްތަރުގައި ތިބި 23،000 އަށް ވުރެ ގިނަ މެންބަރުންނަކީ އެހެން ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ކަމަށެވެ. އަދި 11،000 މެންބަރުންނަކީ އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުން ކަމަށް ފައްޔާޒު ވިދާޅުވިއެެވެ.

ފިޔަވަޅުއަޅާކޮމެޓީގަ މައްސަލަ އުފައްދައގެނ ނަޝީދު ބޭނުންވެގެންފާއިތުވި 15އަހަރުތެރޭ MDP ގެއިސްސަފުގާމަސައްކަތްކުރި އެތަށްބަޔަކު ގަސްތުގަ ޕާޓީންވަކިކުރި، އަދި އެފަދަ މީހުނގެޢާއިލާލާތަށް ޕާޓީ ދޫކޮށްދިއުމުން ޖަުމްލަ 20ހާސް މީހުން ނަޝީދުގެބޭނުމަށް MDP އިންވަކިކުރި
— Moosa Maniku (Reeko) (@ReekoMoosa) January 2, 2023
"އަދި އެފަދަ މީހުންގެ އާއިލާތަށް ޕާޓީ ދޫކޮށް ދިޔުމުން ޖުމުލަ 20000 މީހުން ނަޝީދުގެ ބޭނުމަށް ޕާޓީން ވަކިކުރި،" އެމްޑީޕީގެ ވިޕްލައިނާއި ޚިލާފަށް ވޯޓް ދިން ކަމަށް ބުނެ އެޕާޓީގެ ސުލޫކީ ކޮމެޓީން ޕާޓީން ވަކިކުރުމުން ގިނަ ދުވަސްތަކެއް ވަންދެން ޕާޓީއާއި ދުރުގައި ހުންނެވުމަށްފަހު ދާދިފަހުން އެމްޑީޕީ އާއި އަލުން ގުޅިވަޑައިގެންނެވި މޫސަ ވިދާޅުވިއެވެ.
އެމްޑީޕީން ވަކިކުރި ކަމަށް ބުނާ 39000 މީހުންގެ މައްސަލައިގައި ޝަކުވާ ބަލާ ކޮމެޓީގެ މެންބަރު އަހްމަދު އަބްދުﷲ އަފީފް މިއަދު ވިދާޅުވީ މެންބަރުން ދަފުތަރުން ވަކިކުރީ އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުގައި ނެތް މެންބަރުންނަށް ޕާޓީއަށް ރުޖޫޢަވުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދީފައި ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި 5،000 ވަރަކަށް މެންބަރުން އަލުން ޕާޓީއާ ގުޅިފައިވާ ކަމަށް ވެސް އަފީފު ވިދާޅުވިއެވެ.
މިމައްސަލަ އާއި ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ މީގެ ކުރިން އެމްޑީޕީގެ ދަފްތަރުގައި ތިބި 23،000 އަށް ވުރެ ގިނަ މެންބަރުންނަކީ އެހެން ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ކަމަށެވެ. އަދި 11،000 މެންބަރުންނަކީ އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުން ކަމަށް ފައްޔާޒު ވިދާޅުވިއެެވެ.
ކިޔުންތެރިންގެ ހިޔާލު