ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމަށް ދައުލަތުން ދައުވާކުރާ އިތުރު މައްސަލަތަކެއްގެ އަޑުއެހުން ބާއްވަން މާދަމާ ކްރިމިނަލް ކޯޓުން ތާވާލު ކޮށްފިއެވެ.

އެ ކޯޓުން އާންމު ކޮށްފައިވާ ތާވަލުގައިވާ ގޮތުން މާދަމާ ހެދުނު 10:00 ގައި ކުރިއަށްދާނީވެސް ރިޝްވަތާއި މަނީލޯންޑަރ ކުރުމުގެ ކުށުގެ ދައުވާތަކުގެ އަޑުއެހުންތަކެކެވެ. އެއީ ރައީސް ޔާމީންގެ ސަރުކާރުގައި ރ. ފުއްގިރި ކިޔާ ފަޅުރަށެއް ކުއްޔަށް ދޫކުރުމުގައި ހިންގާފައިވާ ރިޝްވަތުގެ މައްސަލަތަކެކެވެ.

އެ މައްސަލާގައި ދައުލަތުންވަނީ ރައީސް ޔާމީންގެ އިތުރުން މ. ކުރިކީލަހިޔާ އަޙްމަދު ރިޒާގެ އިތުރުން ސަންގެ ދެ ކުންފުނިކަމަށްވާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުވާ ކޮށްފައެވެ.

މިއީ ރިޝްވަތު ހިފުމާއި މަނީލޯންޑަރ ކުރުމުގެކުށް ސާބިތުވެ ރައީސް ޔާމީން 11 އަހަރަށް ޖަލަށްލީފަހުން ބާއްވާ މިފަދަ ފުރަތަމަ އަޑުއެހުމެވެ. ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމަކީ ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގާފައިވާ އަމަލުތަކަކާއި ގުޅިގެން އިއްވި ޖަލު ހުކުމެކެވެ.



ކިޔުންތެރިންގެ ހިޔާލު