މައްކާއަށް ސްނޯ ފައިބަމުންދާކަމަށް ބުނެ މީސްމީޑިއާގައި ފަތުރަމުންދާ ވީޑިއޯތަކަކީ އަސްލެއްނެތް ފޭކް ވީޑިއޯތަކެއްކަމަށް ސައުދީ އަރަބިއްޔާގެ މޫސުމާބެހޭ އިދާރާއިން ބުނެފިއެވެ.
މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަނީ މައްކާގެ މާތްވެގެންވާ ހަރަމްފުޅަށް ސްނޯ ފައިބާކަމަށް ދައްކާ މަންޒަރުތަކެކެވެ. އެ ވީޑިއޯތަކާއި ގުޅިގެން ސައުދީގެ މޫސުމާބެހޭ އިދާރާއިން ބުނެފައިވަނީ އެ ގައުމަށް ބޯކޮށް ވާރޭ ވެހެމުންދާކަމަށެވެ.
އަދި ބޯކޮށް ވާރޭ ވެހުމާއި ގުޅިގެން ދެ ހަރަމްގައި ހުންނަ ކޮލެޖުތަކުގެ ކިޔެވުން ވަގުތީގޮތުން މެދުކަނޑާލާފައިވާކަމަށް ވެސް އެ ގައުމުގެ ނޫސްތަކުން ބުނެފައިވެއެވެ.
ނަމަވެސް, ސްނޯ ފައިބާފައި ނުވާކަމަށް އެގައުމުގެ މޫސުމާބެހޭ އިދާރާއިން ވަނީ ބުނެފައެވެ.
މިކަން މިފަހަރު އުމްރާއަށް ދިޔަ ރާއްޖޭގެ ބައެއް ޖަމާއަތްތަކުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.
މައްކާއަކީ އާންމު ގޮތެއްގައި ވަރަށް ހޫނު ގަދަ ރަށެކެވެ.

ކިޔުންތެރިންގެ ހިޔާލު