ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ލިބުމުގެ ހައްގު ލިބިފައިވާ މީހުންގެ ވޯޓާސް ލިސްޓުގައި ނަން ނެތިގެން 900 އެއްހާ މީހުން ޝަކުވާ ހުށަހަޅާފައިވާކަމަށް އެމްޑީޕީގެ ޕްރައިމަރީ އިންތިހާބާއި ގުޅޭ ކޮމިޓީން ބުނެފިއެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިންތިހާބު ކޮމިޓީގެ މެމްބަރުން ވިދާޅުވީ ވޯޓާސް ލިސްޓަށް ގިނަ އަދަދެއްގެ ޝަކުވާ ހުށަހަޅާފައިވާކަމަށެވެ. އެގޮތުން ވޯޓާސް ލިސްޓުގައި ނަން ނެތިގެން 900 އެއްހާ ޝަކުވާ ހުށަހަޅާފައިވާކަމަށް އެ ކޮމިޓީން މައުލޫމާތު ދިނެވެ.
"ނިޔާވެފައި ތިބި މީހުން ތިބެގެން އަދި ދާއިރާ ބަދަލުކުރަންވެސް އެބަހުރި ޝަކުވާ ހުށަހަޅާފައި. 900 އެއްހާ މީހުން އެބައޮތް ވޯޓާސް ލިސްޓުގައި ނަން ނެތިގެން ހުށަހަޅާފައި. އޭގެތެރެއިން 683 މީހުން އެއްވެސް ޕާޓީއެއްގައި ނެތް ރަޖިސްޓަރީކޮށްފައެއް. އަދި 212 މީހަކު އެބައޮތް އެހެން ޕާޓީތަކުގެ ލިސްޓުގައި." އިންތިހާބު ކޮމިޓީގެ މެމްބަރު އިބްރާހިމް ވަހީދު ވިދާޅުވިއެވެ.
އިބްރާހީމް ވަހީދު ވިދާޅުވީ ވޯޓާސް ލިސްޓާއި ގުޅޭގޮތުން ހުށަހަޅާފައިވާ ހުރިހާ ޝަކުވާތަކަށް މިއަދު ޖަވާބު ދޭން ފަށާނެކަމަށެވެ.
އިންތިހާބު ފަސް ކުރުމަށް ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ގޮވާލާފައިވާތީ އެކަމަށް އިޝާރާތްކުރައްވައި އިންތިޚާބު ކޮމިޓީން ބުނީ އިންތިހާބު ލަސްކުރުމުގެ ބާރު ކޮމިޓީއަށް ނެތްކަމަށެވެ. އަދި އިންތިހާބު ލަސްކުރާންޖެހޭ ހާލަތެއް ނެތްކަމަށްވެސް އެ ކޮމިޓީން މިއަދު ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު