ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމެރީ 2023 އާ ގުޅޭގޮތުން ރައީސް މުޙައްމަދު ނަޝީދުގެ ކެންޕެއިނުން 4 ކަމެެއް ސީރިއަސް މައްސަލައެއްގެ ގޮތުގައި ހުށަހަޅައިފިއެވެ.
ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ނެރުނު ބަޔާނެއްގައި ބުނީ ފުރަތަމަ މައްސަލައެއްގެ ގޮތުގައި ފާހަގަކުރަނީ އެމްޑީޕީގެ 39،398 މެންބަރުން ޕާޓީގެ ދަފްތަރުން އުނިކޮށްފައިވުންކަމަށެވެ. އަދި އެއީ ރައީސް ނަޝީދަށް ވޯޓުދިނުން އެންމެ ގާތް މެންބަރުންގެ ވޯޓުލުމުގެ ޙައްޤު ނިގުޅައިގަތުމަށް ހިންގާފައިވާ ނާއިންސާފު އަދި ޙީލަތްތެރި ޢަމަލެެއްކަމަށް ބަޔާނުގައިވެއެވެ.
ދެވަނަ މައްސަލައަކީ ރިޔާސީ ޕްރައިމެރީގެ އެންމެހައި ކަންކަން އިންތިޒާމްކޮށް ބެލެހެއްޓުމުގެ ޒިންމާ އަސާސީ ޤަވާއިދުން ޙަވާލުކޮށްފައިވާ ކޮމިޓީ، އަސާސީ ޤަވާއިދުގައި ބަޔާންކުރާ ގޮތަށް ޤައުމީ މަޖިލީހުން އިންތިޚާބު ކުރުމުގެ ކުރީން އެކޮމިޓީން ކުރާންޖެހޭ މަސައްކަތް އެހެން ފަރާތަކުން ކުރުމެވެ. މިއި އަސާސީ ޤަވާއިދާ ޚިލާފަށް ހިންގާފައިވާ ކަމެއްކަމަށް ނަޝީދުގެ ކެމްޕެއިން ޓީމުން ފާހަގަކުރެއެވެ.
3 ވަނަ މައްސަލައަކީ ރިޔާސީ ޕްރައިމެރީ އިޢުލާންކުރުމުގެ ކުރިން 'ރިޔާސީ ޕްރައިމެރީގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާޢީދު ހޯދުމަށް ފުރާންޖެހޭ ފޯމު' ވާދަވެރި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކެންޕެއިނަށް ލިބި، އެމުއްދަތުގައި ތާޢީދު ފޯމުތައް ފުރަމުން ގެންގޮސްފައިވުމެވެ. ނަޝީދުގެ ކެމްޕެއިން ޓީމުން ބުނީ މިކަން މިހައި ހާމަކަން ބޮޑުކޮށް ކުރުމުންވެސް، އެކަން ހިންގާފައިވާ ފަރާތްތައް ދެނެގަނެ އެފަރާތްތަކާމެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވުމުން އެނގެނީ، ހިނގަމުންދާ ޕްރައިމަރީގެ މަސައްކަތުގައި އިންސާފުވެރިކަން ގެއްލިފައިވާ މިންވަރު ކަމަށެވެ.
ހަތަރު ވަނަ މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި ވޯޓުލެވޭނެ ކަމަށް ޕާޓީން ކަނޑައަޅާފައިވާ ލިސްޓުގައި އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ނުހިމެނޭ 457 މީހަކު އެމްޑީޕީގެ ދަފްތަރުގައި ހިމަނާފައިވުމެވެ. އެމީސްމީހުން ދަފްތަރުގައި ހިމަނާފައި އެވަނީ ވާދަވެރި ކެނޑިޑޭޓަށް ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ބޭނުމުގައި ކަމަށް ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ނެރުނު ބަޔާނުގައި ތުހުމަތު ކޮށްފައި ވެއެވެ.
ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ބުނީ މި މައްސަލަތައް އެމްޑީޕީގެ ސެކްރެޓޭރިއަޓަށް ޕޯޓަލް އަދި ސިޓީ މެދުވެރިކޮށް ހުށަހަޅާފައި ވާނެކަމަށެވެ.
ނަޝީދުގެ ކެމްޕޭން ޓީމުން ޝަކުވާގެ ގޮތުގައި ހުށައެޅި މި ކަންކަމަކީ އެންމެފަހުން ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގައި ޕާޓީގެ ޗެއާޕާސަން ވަރަށް ސާފުކޮށް ޖަވާބުދާރީ ވެވަޑައިގެންފައިވާ އެ ޖަލްސާގައިވެސް ކޮށްފައިވާ ޝަކުވާތަކެއްކަން ފާހަގަކުރެވެއެވެ. އެގޮތުން އެބުނާ ޕާޓީގެ ރަޖިސްޓަރީން އުނިކުރި 39 ހާސް މީހުން އުނިކުރި ގޮތާއި ތާއީދު ފޯމު ދެ ކެންޑިޑޭޓުންނަށް ލިބުނު ގޮތާއި އިންތިހާބާބެހޭ ކޮމިޓީ އެކުލަވާލުމުގެ ކުރިން ކުރި ކަންކަން ވެސް ޗެއާޕާސަން ވަނީ ވަރަށް ތަފުސީލުކޮށް ވިދާޅުވެ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު