ބިރެއް ނެތި ސިޔާސީ މަސައްކަތް ކުރުމަށް ފުރުސަތު ލިބުނީ ހަމައެކަނި މިވެރިކަމުގައިކަމަށް ކެލާ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ޝަރީފަކީ ރައީސް ސާލީހަށް ތާއީދުކުރައްވާ ރައީސް ޞާލިހުގެ ފަޅީގައި ހުންނެވި ބޭފުޅެކެވެ.

ޝަރީފް މިއަދު ވިދާޅުވީ މިރާއްޖޭގައި ބިރުވެރިކަމެއް ނެތި އެބޭފުޅެއްގެ ސިޔާސީ ފިކުރަކަށް ތާއިދުކޮށް ކުރިއެރުވުމަށް ފުރުސަތު ހަމައެކަނި ލިބުނީ ރައީސް ސާލިހުގެ ވެރިކަމުގައިކަމަށެވެ.



ޝަރީފް ވިދާޅުވީ ހަމަހަމަކަމާއި ހިކުމަތްތެރިކަމާއެކު އެންމެން ގުޅިގެން ކަންކަން ކުރުމަކީ ރައީސް ސާލިހުގެ އެންމެ ކަމުދާ ސިފަފުޅު ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރިގަދަވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންނާއި ގައުމީ މަޖިލީހުގެ ގިނަ މެމްބަރުން ތިއްބެވީ ރައީސް ސާލީހުގެ ފަޅީގައެވެ.



ކިޔުންތެރިންގެ ހިޔާލު