އިގްތިޞާދު ހީނަރުވެގެންދާއިރު ބަލަން ތިބޭ ލީޑަރުން މި ގައުމަށް ބޭނުމެއް ނޫންކަމަށާއި، ގައުމަށް ބޭނުންވަނީ އެންމެ ދަތި ހާލަތުގައިވެސް އިގްތިޞާދު ކޮޅަށްޖެހޭނެފަދަ މަސައްކަތްތަކެެއް ކުރާނެފަދަ ލީޑަރެއްކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިއަދު ވިދާޅުވީ ރައީސް ސާލިހުގެ ސަރުކާރު އިތުރު ދައުރަކަށް އިންތިހާބުކުރަންޖެހޭ ސަބަބުތަކާއި ގުޅޭގޮތުން ގިނަ ބަޔަކު ސުވާލު ކުރަމުންދާކަމަށެވެ. ޝަރީފް ވިދާޅުވީ އެހެން ގައުމުތަކާއި ހިލާފަށް ރާއްޖެއިން ވަނީ ހަރުދަނާ ސިޔާސަތުތަކެއްގެ ދަށުން އިގްތިޞާދު މެނޭޖްކޮށް، އިގްތިޞާދު އިއާދަކޮށް، އިގްތިޞާދީ ކުރިއެރުން ހޯދަން ފަށާފައިކަމަށެވެ. އަދި ރާއްޖެއަށް ބޭނުންވަނީ މިފަދަ ދަތި އުނދަގޫ ދަނޑިވަޅުތަކުގައިވެސް އިގްތިޞާދު މެނޭޖްކުރެވޭނެފަދަ ސަރުކާރެއްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
އާ އަހަރެއް ފެށިގެންދިޔައިރު އިގްތިޞާދު އޮތީ ނާޒުކު ފައްތަރެއްގައިކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ، އަންނަ އަހަރު ދުނިޔޭގެ އިގްތިސާދު ކުރިއަރާނީ ވަަރަށް ކުޑަ އިންސައްތައަކުންކަމަށް ތަޖުރިބާކާރުން ބުނާ ކަމަށެވެ. އަދި ހަނގުރާމައާއި އިންފްލޭޝަނާއި ކޯވިޑްގެ އައު ވޭރިއަންޓްތަކާއެކު ދުނިޔޭގެ އިގްތިޞާދަށް ބޮޑު އަސަރެއް ކުރާނެކަންވެސް ޝަރީފް ފާހަގަކުރެއްވިއެެވެ.
ޝަރީފް ވިދާޅުވީ އިގްތިޞާދީ ހާލަތު އޮތް ގޮތާއި ކަންކަން ބަދަލުވާ ގޮތް ސިޔާސީ ބައެއް ވެރިންނަށް ނޭނގޭކަމީ ހިތާމައެއްކަމަށެވެ. އަދި މިދިޔަ 3 އަހަރު ދުނިޔެއަށް ދިމާވި ކަންކަމުގެ އިގްތިސާދީ އަސަރު ކުރާނީ ހަމައެކަނި ރާއްޖެއަށް ނޫންކަމަށާއި، މުޅި ދުނިޔޭގެ އިގްތިސާދަށްވެސް އެކަމުގެ އަސަރުކުރާނެކަން ޝަރީފް ފާހަގަކުރެއްވިއެެވެ.
ޝަރީފް ވިދާޅުވީ ރާއްޖެއަށް ބޭނުންވަނީ އެންމެ ދަތި އުނދަގޫ ދަނޑިވަޅުތަކުގައިވެސް އިގްތިޞާދު ރަނގަޅަށް މެނޭޖްކުރެވޭނެފަދަ ވެރިއެއްކަމަށެވެ. އަދި ގައުމު އިނދަ ޖައްސާލާނެ ވެރިއެއް ރައްޔިތުންެ ބޭނުންނުވާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ އެންމެ އުނދަގޫ ވަގުތުތަކުގައި، އެންމެ އުނދަގޫ ނިންމުންތައް ނިންމައިގެން ކުރިއަށްދެވޭނެކަމުގެ ގާބިލްކަން ހުރިކަން ރައީސް ސާލިހު ދައްކަވާފައިވާކަމަށެވެ.

Maldives will need a steady hand who has proven ability to manage the economy in these difficult n uncertain times.We can’t afford a populist who is sure to allow the economy to tank. @ibusolih has shown that he can take most difficult decisions as n when required#Heyoverikan
— Ibrahim Shareef (@AdduShareef) January 2, 2023
ޝަރީފް ވިދާޅުވީ އިގްތިޞާދީ ހާލަތު އޮތް ގޮތާއި ކަންކަން ބަދަލުވާ ގޮތް ސިޔާސީ ބައެއް ވެރިންނަށް ނޭނގޭކަމީ ހިތާމައެއްކަމަށެވެ. އަދި މިދިޔަ 3 އަހަރު ދުނިޔެއަށް ދިމާވި ކަންކަމުގެ އިގްތިސާދީ އަސަރު ކުރާނީ ހަމައެކަނި ރާއްޖެއަށް ނޫންކަމަށާއި، މުޅި ދުނިޔޭގެ އިގްތިސާދަށްވެސް އެކަމުގެ އަސަރުކުރާނެކަން ޝަރީފް ފާހަގަކުރެއްވިއެެވެ.
ޝަރީފް ވިދާޅުވީ ރާއްޖެއަށް ބޭނުންވަނީ އެންމެ ދަތި އުނދަގޫ ދަނޑިވަޅުތަކުގައިވެސް އިގްތިޞާދު ރަނގަޅަށް މެނޭޖްކުރެވޭނެފަދަ ވެރިއެއްކަމަށެވެ. އަދި ގައުމު އިނދަ ޖައްސާލާނެ ވެރިއެއް ރައްޔިތުންެ ބޭނުންނުވާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ އެންމެ އުނދަގޫ ވަގުތުތަކުގައި، އެންމެ އުނދަގޫ ނިންމުންތައް ނިންމައިގެން ކުރިއަށްދެވޭނެކަމުގެ ގާބިލްކަން ހުރިކަން ރައީސް ސާލިހު ދައްކަވާފައިވާކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު