މަގާމުގައި ހުންނަވާ ރައީސަކާއި ދެކޮޅަށް ނިކުންނަވާ ކެނޑިޑޭޓަކަށް ހުރަސް އަޅަން އެއްވެސް މަސައްކަތެއްކޮށްގެން ނުވާނެކަމަށް ކުރީގެ ހާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
އދ ގެ ޚާއްޞަ ރެޕެޓުއާއެއްގެ މަގާމް ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވާފައިވާ ޑރ. ޝަހީދު މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައި މިވަނީ އެމްޑީޕީއަށް ނިސްބަތްވާ ރައީސަކު ވެރިކަމުގައި ހުންނަވަނިކޮށް ރިޔާސީ ޕްރައިމަރީގައި ޕާޓީގެ ރައީސް ވާދަކުރައްވާތީ އެކަމަށް ބައެއްފަރާތްތަކުން ފާޑުކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ.
ޝަހީދު ވިދާޅުވީ އެހެން ޕާޓީތަކާއި އެމްޑީޕީ ތަފާތު ވަނީ އެތެރޭގެ ޑިމޮކްރަސީން ކަމަށެވެ. އަދި މިހާރު ބޯމަތީގައި އޮތް ރިޔާސީ ޕްރައިމަރީއަކީ އޭގެ މިސާލެއްކަމަށްވެސް ޝަހީދު ވިދާޅުވީއެެވެ.
ޝަހީދު ވިދާޅުވީ އޭރަކު ރައީސަކަށް ހުންނަ ބޭފުޅަކާއި ދެކޮޅަށް ޕްރައިމަރީގައި ވާދަކުރުމަކީ މައްސަލައެއް ނޫންކަމަށެވެ. އަދި އެގޮތަށް ވާދަކުރާ ފަރާތްތަކަށް ބިރުދައްކާ ނުވަތަ އެ ފަރާތްތަކާއި ދެކޮޅަށް މަސައްކަތް ކޮށްގެން ނުވާނެކަމަށްވެސް ޝަހީދު ވިދާޅުވިއެވެ.
ޝަހީދު ވިދާޅުވީ ރައީސަކަށް ހުންނަވާ ބޭފުކަާއި ޕްރައިމަރީގައި ވާދަކުރުމަކީ އެކަމަށް މަރުހަބާ ކިޔަންޖެހޭކަމެއްކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ރައީސް ޞާލިހާއި ރައީސް ނަޝީދު ފޯމް ހުށައަޅުއްވައި ކެމްޕޭން ފަށްޓަވާފައިވާއިރު ދެ ބޭފުޅުންގެ މެދުގައި ކެމްޕެއިން ފޯރި ގަދަވެ ބަހުގެ ހަމަލާތައްވެސް ވަނީ ވަރަށްބޮޑަށް ހޫނުވެފައެވެ.

Internal democracy makes MDP distinctive. The current primaries exemplify that. Those who challenge an incumbent President should not be vilified or threatened for doing so; but welcomed for giving meaning to internal democracy— regardless of how we might vote! @MDPSecretariat
— Ahmed Shaheed (@ahmedshaheed) January 1, 2023
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ރައީސް ޞާލިހާއި ރައީސް ނަޝީދު ފޯމް ހުށައަޅުއްވައި ކެމްޕޭން ފަށްޓަވާފައިވާއިރު ދެ ބޭފުޅުންގެ މެދުގައި ކެމްޕެއިން ފޯރި ގަދަވެ ބަހުގެ ހަމަލާތައްވެސް ވަނީ ވަރަށްބޮޑަށް ހޫނުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު