ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ޖަލުގައި ހުންނެވުމަކީ އުފާކުރައްވާ ކަމެއް ނޫންކަމަށް ވިދާޅުވެ އެމަނިކުފާނާއި ޕީޕިއެމަށް ހަމްދަރުދީ އޮތްކަން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފާޅުކުރަށްވައިފިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމިނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމާއި ގުޅިގެން ވާހަކަފުޅު ދައްކަވަމުންނެެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ރައީސް ނަޝީދު ވިދާޅުވީ، އެއްވެސް އިރެއްގައި މީހަކު ޖަލަށް ލުމަކީ އެއީ މާ މޮޅުކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ރައީސް ޔާމީނަށް ހުކުމްކޮށްފައި ވަނީ ހެތްކާއި ގަރީނާގެ މައްޗަށް ކަމަށާއި، އެ މަނިކުފާނަށް ކޮށްފައިވާ ދައުވާއަކީ ގާނޫނީ މާއްދާގެ ތެރެއިން އުފުލާފައިވާ ދައުވާއެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން ރައީސް ޔާމީނަށް ކޮށްފައިވަނީ ސިޔާސީ ދައުވާއެއް ކަަމަށް ވިދާޅުވާން ކެރިވަޑައިނުގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ކޮންމެ ބަޔަކު ވެސް އެ ބައެއްގެ ލީޑަރަށް ދެރަ ގޮތެއް ވުމުން ނުރުހޭނެ ކަމަށާއި، އިހްސާސްތަކާއި އުދާސްތައް ވެސް ހުންނާނެ ކަމަށެވެ.
"އެއީ އަޅުގަނޑުމެން އެންމެން ވެސް ބަލައިގަންނަންޖެހޭ ކަމެއް. އަދި އެއީކީ އަޅުގަނޑުމެން އުފާކުރަންޖެހޭ ބާވަތުގެ ކަމެއް ނޫން،" ޔާމިންގެ ވެރިކަމުގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރެއްވި ނަޝީދު ވިދާޅުވި އެވެ.
ވ. އާރަށް މައްސަލާގައި މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެ، ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެެވެ. ޔާމިނަށް އިއްވި ހުކުމާއެކު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު މިވަގުތަށް ވަނީ ބަންދުވެފައެވެ. ޔާމިން މިނިވަން ކުރުމަށް ގޮވާލާ ޕީޕިއެމުން ވަނީ ސިލްސިލާ މުޒާހަރާތަކެއް ފަށާފައެވެ. އިދިކޮޅު ޕީޕިއެމުން ބުނަނީ ޔާމިން ޖަލަށް ލިއަސް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމިން ކަމަށާއި އެ ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު