އައު އަހަރާއި ގުޅިގެން ރޭ ހިނގި އޮޕަރޭޝަނުގައި ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެެ.

ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ހޮނިހިރު ދުވަހުގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މާލެއާއި ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަަމަށެވެ.

މިމައްސަަލައިގައި ހައްޔަރުކޮށްފައިވަނީ އަންހެނަކާއި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ. އަދި އަންހެން މީހާ ހައްޔަރުކޮށްފައިވަނީ މާލެއިން ކަމަށާއި ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެއިން ކަމަށް ފުލުހުން ބުންޏެވެ. ހައްޔަރުކުރި ދެމީހުންގެ އަތުންވެސް ބަނގުރާފުޅިއެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ގެންދަނީ މި ދެ މައްސަލަ ވެސް ތަހުގީގް ކުރަމުންނެެވެ.



ކިޔުންތެރިންގެ ހިޔާލު