އިންޑިއާގައި އެންމެފަހުން ބޭއްވި ސްޕަރސްޓަރ ސިންގަރ ލަވަކިޔުމުގެ މުބާރާތުން އެއްވަނަ ހޯދި އިންޑިއާގެ މުޙައްމަދު ފާއިޒު، މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު މޫސާ (އުއްޗު) ގެ އުފަންދުވަސް ފާހަގަ ކުރުމަށް ރާއްޖެ އަތުވެއްޖެއެވެ.

ފާއިޒު މިއަދު ރާއްޖެ އައިސްފައިވާއިރު، އޭނާއަށް މަރުހަބާ ކިޔާފައިވަނީ އުއްޗުއެވެ. މިއަދު ފާހަގަކުރާ އުއްޗުގެ އުފަން ދުވަހާއި ގުޅިގެން ބާއްވާ ޝޯ އޮންނާނީ މާދަމާ ރޭ ކުރެއްދޫ އައިލެންޑް ރިސޯޓުގައެވެ.

ކޮންމެ އަހަރަކުވެސް މިފަދަ ކުލަގަދަ ޝޯއަކާއެކު އުފަން ދުވަސް ފާހަގަކުރަށްވާ އުއްޗު ދާދިފަހުން ވަނީ ސްރީލަންކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޔޮހާނީއާއޖ ބައްދަލު ކުރަށްވައި އޭނާގެ ރިސޯޓަށް ގެންގޮސް ލަވަކިޔުއްވާފައެވެ.

މިފަހަރު އުއްޗު ގެނައި، އުމުރުން 14 އަހަރުގެ މުޙައްމަދު ފާއިޒަކީ ސުޕަސްޓާ ސިންގަރ 2ގެ ކާމިޔާބާއެކު ބޮލީވުޑުގެ އެންމެ އުއްމީދީ ޒުވާންލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ލަވަކިޔުންތެރިއެކެވެ.


ކިޔުންތެރިންގެ ހިޔާލު


5

ތުއްތު ކުދިން

22-Feb-2023

އުއްޗުކަހަލަ މުއްސަނދި މަހުޖަނުން ތިޔަފދަ ބޭކާރު ޚަރަދު ނުކުރައްވާ ތުއްތު ކުދިންނަށް ފާޅުކަން ބޮޑުނުވާގޮތައް ތިޔަފައިސާކޮޅު ބަހާލަދިނުމުންވެސް އެތައް ޘަވާބަކާއި ދަރުމަ މާތްﷲގެ މަގުގައި ހޭދަކުރާ މީހަކަށް މިންވަރު ކުރައްވާނެކަން ވަނީ އަންގަވާފައެވެ.



ޓްރެންޑިން