ކޭޓް މިޑިލްޓަން އަށް އޭނާގެ ޝާހީ ދައުރު ފުޅާކުރަން އިތުރު ހާއްސަ މަގާމެއް އަރުވައިފިއެވެ.

އިނގިރޭސި ރަސްކަލުން ޗާލްސް، ކޭޓް މިޑްލްޓަން އަށް އަރުވާފައިވަނީ އަޔަލޭންޑް ގާޑްސްގެ އޮނަރަރީ ކާނަލްގެ މަގާމެވެ. މިއީ މީގެ ކުރިން ކޭޓްގެ ފިރިކަލުން ޕްރިންސް ވިލިއަމް ޒިންމާ ނެންގެވި މަގާމެކެވެ. އަޔަލޭންޑް ގާޑްސްގެ އޮނަރަރީ ކާނަލްގެ މަގާމަށް ކޭޓް މިޑްލްޓަން އައްޔަނުކުރެވިގެން ދިޔައީ ޕްރިންސެސް އޮފް ވޭލްސްގެ ލަގަބު ދެއްވިތާ ތިން މަސް ފަހުންނެވެ.

މިބަދަލާއިއެކު ރަސްކަލުން ޗާލްސް އަރިހުން ޕްރިންސް ވިލިއަމްއަށް މިހާރު ވާރުތަވާނީ ވެލްޝް ގާޑްސްގެ ކާނަލްގެ ލަގަބުކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން ޗާލްސްގެ އަނބިކަނބަލުން ކުއީން ކޮންސޯޓް ކެމިލާ ވަނީ ގްރެނޭޑިއާ ގާޑްސްގެ ކާނަލްގެ މަގާމަށް އައްޔަންކޮށްފަ އެވެ. މިއީ ކުރިން ޕްރިންސް އެންޑްރިއު ހުންނެވި މަގާމެވެ.

ރަސްކަލުން ޗާލްސް، މަގާމުގެ ހުވާކުރެއްވިފަހުން، ޝާޙީ އާއިލާގެ ބާރުތަކަށާއި، ރަސްމީ އެކި މަގާމްތަކުގެ ޒިންމާ އަދާކުރާނެ މަގާމްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާކަން ވަނީ ފާހަގަވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން