ގެވެށި އަނިޔާގެ ޝިކާރައަށްވާ މީހުންނަށް ހާއްސަކޮށް މަރުކަޒުތަކެއް ގާއިމްކުރުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން 10 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހިލޭ އެހީގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއިކުރަށްވާފައިވާއިރު އޭޑީބީގެ ފަރާތުން ސޮއިކުރެއްވީ، އެ ބޭންކުގެ ކަންޓްރީ ޑިރެކްޓަރު ޑރ. ތިއަމް ހީ އެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖެންޑަރ މިނިސްޓަރު ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވީ އޭޑީބީގެ ހިލޭ އެހީގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ސަބަބުން ގެވެށި އަނިޔާގެ ޝިކާރައަށްވާ އަންހެނުންނާއި ޢާއިލާތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގައި އަންހެނުންނަށް ކުރާ އަނިޔާގެ މިންވަރު ދަށްކުރުމަށާއި، އިޖުތިމާޢީ އަދި އިޤްތިޞާދީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް އެހީތެރިކަން ލިބިގެންދާނެކަމަށް އެކަމަނާ ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި 7.51 މިލިއަން އެމެރިކާ ޑޮލަރު އޭޑީބީން ދިވެހި ސަރުކާރަށް ދޭން ވަނީ ނިންމާފައެވެ. މީގެ އިތުރުން ޓެކްނިކަލް އެސިސްޓެންސް ނުވަތަ ފަންނީ އެހީގެ ގޮތުގައި 2.5 މިލިއަން އެމެރިކާ ޑޮލަރު ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއުގެ ދަށުން ގެވެށި އަނިޔާގެ ޝިކާރައަށްވާ މީހުންނަށް ހާއްސަކޮށްގެން އަޅާ ތިން މަރުކަޒެއް އަޅަން ވަނީ ނިންމާފައެވެ. އެ މަރުކަޒުތަށް ގާއިމްކުރަނީ ހުޅުމާލެ، ރ. އުނގޫފާރު، އަދި އައްޑޫ ސިޓީގައެެވެ.

ކިޔުންތެރިންގެ ހިޔާލު