ލ. ގަމުގައި ސަރުކާރުން އަޅަން ނިންމާފައިވާ 100 ހައުސިން ޔުނިޓްގެ ބިންގާ މިއަދު އަޅައިފި އެވެ.
ލ. ގަމުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި 100 ހައުސިން ޔުނިޓްގެ ބިންގާ އަޅުއްވައިދެއްވީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް އަދިި އެ ރަށު ކައުންސިލް މެމްބަރުންނެވެ.
އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ކުރިއަށް ގެންދާ 100 ހައުސިން ޔުނިޓް އެޅުމުގެ މި މަޝްރޫއަކީ 84.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫއެކެެވެ. މިމަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ އެއް އަހަރުގެ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
ގަމުގައި އަޅާ ކޮންމެ ހައުސިން ޔުނިޓެއްގައި 1،000 އަކަފޫޓް ހުންނާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ. އަދި ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިންރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެއް ވެސް ހިމެނޭނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

ލ. ގަމުގައި އިމާރާތް ކުރާ 100 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފި. pic.twitter.com/yES3rvChPH
— Min.of National Planning, Housing & Infrastructure (@MoNPHImv) December 21, 2022
އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ކުރިއަށް ގެންދާ 100 ހައުސިން ޔުނިޓް އެޅުމުގެ މި މަޝްރޫއަކީ 84.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫއެކެެވެ. މިމަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ އެއް އަހަރުގެ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
ގަމުގައި އަޅާ ކޮންމެ ހައުސިން ޔުނިޓެއްގައި 1،000 އަކަފޫޓް ހުންނާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ. އަދި ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިންރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެއް ވެސް ހިމެނޭނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.
ކިޔުންތެރިންގެ ހިޔާލު