ލާމަރުކަޒީ ގާނޫނުގެ ދަށުން ލޯކަލް ކައުންސިލްތަކަށް ކުންފުނި އުފެއްދުމުގެ ފުރުސަތު ލިބިގެންދިޔުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެެވެ.
މިއުވާން މިހެން ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން އއ. ތޮއްޑޫ ކައުންސިލުން އުފެއްދި ލޯކަލް އޮތޯރިޓީ ކުންފުނި ރަޖިސްޓްރީކޮށްދިނުމާއި ގުޅިގެން އެކަމަށް އިޝާރަތް ކުރަށްވަމުންނެެވެ. މިއީ އެ ގާނޫނުގެ ދަށުން ކައުންސިލަކަށް ރަޖިސްޓްރީކޮށްދިން ފުރަތަމަ ކުންފުންޏެެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ކައުންސިލްތައް މާލީ ގޮތުން ލާމަރުކަޒުކުރުމަށް، ލޯކަލް އޮތޯރިޓީ ކުންފުނި އުފެދި، ކުންފުނި މެދުވެރިކޮށް ވިޔަފާރިކުރުމުގެ ފުރުޞަތު ފަހިވެގެންދިއުމަކީ ލިބޭ އާމްދަނީ އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ. އަދި އެއީ މާލީގޮތުން ކައުންސިލްތައް ބާރުވެރިވުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް މިއުވާން ވިދާޅުވިއެވެ.
މިދިޔަ އަހަރު އަމަލުކުރަން ފެށި ލާމަރުކަޒީ ގާނޫނުގައި ބުނެފައިވަނީ ކައުންސިލްތަކުން ވިޔަފާރީގެ އުސޫލުން ހިދުމަތްތައް ދިނުމަށް، އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ކުންފުނި ހިންގިދާނެ ކަމަށެެވެ. ޔުޓިލިޓީ ކުންފުނި ހަދަން ވަރަށް ގިނަ ކައުންސިލުތަކުން މިހާރު ވެސް ވަނީ އިކޮނޮމިކް މިނިސްޓްރީއަށް ހުށައަޅާފައެވެ. ލާމަރުކަޒީ ގާނޫނުގެ ދަށުން ލޯކަލް ކައުންސިލު ތަކަށް ކުރިން ނުލިބޭ ގިނަ ބާރުތަކެއް ސަރުކާރުން ވަނީ ދީފައެވެ.

ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ކައުންސިލްތައް މާލީ ގޮތުން ލާމަރުކަޒުރުން – ލޯކަލް އޮތޯރިޓީ ކުންފުނި އުފެދި، ކުންފުނި މެދުވެރިކޮށް ވިޔަފާރިކުރުމުގެ ފުރުޞަތު ފަހިވެގެންދިއުމަކީ ލިބޭ އާމްދަނީ އިތުރުކޮށް، މާލީގޮތުން ކައުންސިލްތައް ބާރުވެރިވުމަށް ލިބުނު ބޮޑު ކުރިއެރުމެއް. https://t.co/wZCI1Kx5cq
— Miuvaan Mohamed (@MvSpokesperson) December 21, 2022
މިދިޔަ އަހަރު އަމަލުކުރަން ފެށި ލާމަރުކަޒީ ގާނޫނުގައި ބުނެފައިވަނީ ކައުންސިލްތަކުން ވިޔަފާރީގެ އުސޫލުން ހިދުމަތްތައް ދިނުމަށް، އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ކުންފުނި ހިންގިދާނެ ކަމަށެެވެ. ޔުޓިލިޓީ ކުންފުނި ހަދަން ވަރަށް ގިނަ ކައުންސިލުތަކުން މިހާރު ވެސް ވަނީ އިކޮނޮމިކް މިނިސްޓްރީއަށް ހުށައަޅާފައެވެ. ލާމަރުކަޒީ ގާނޫނުގެ ދަށުން ލޯކަލް ކައުންސިލު ތަކަށް ކުރިން ނުލިބޭ ގިނަ ބާރުތަކެއް ސަރުކާރުން ވަނީ ދީފައެވެ.
ކިޔުންތެރިންގެ ހިޔާލު