ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް، ޕޮލިސް ބޯޑުން ނިންމާފަައިވާ ފުލުހުންގެ އިސް ފަސް އޮފިސަރަކު ވަޒީފާއިން ވަކިކުރަން ނިންމީ ގާނޫނާއި ޚިލާފަށް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
ސިވިލް ކޯޓުން އެގޮތަށް ހުކުމްކޮށްފައިވަނީ ފުލުހުންގެ ވަޒީފާއިން އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނާ އަހުމަދު މުހައްމަދު (ޓޫފޯ) އާއި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއީލް ޝަމީމް އާދަމާއި، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް އަދި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު ވަކިކުރި މައްސަލަ ބެލުމަށްފަހުއެވެ. އެ ފަސް އޮފިސަރުން ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ޕޮލިސް ބޯޑުން ނިއްމައި ވަޒީފާއިން ވަކިކުރުމުގެ ނޯޓިސް ވެސް ވަނީ ދީފައެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ އެމައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި، މައްސަލައާ ގުޅޭ ޤާނޫނީ ނައްސުތަކަށް ބަލާއިރު، ދައުވާކުރާ ފަރާތްތައް ފުލުހުންގެ ހިދުމަތުގެ ވަޒީފާއިން ވަކިކުރުމަށް ޕޮލިސް ބޯޑުން ނިންމާފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން ސާބިތުވާން ނެތްކަމަށެވެ. އަދި ދައުވާކުރާ ފަސް ފަރާތް ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމުމުގެ ބާރު ޕޮލިސް ބޯޑަށް ލިބިދީފައިނުވާކަމަށް ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައިވެއެވެ.
މީގެއިތުރުން އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނާ އަހުމަދު މުހައްމަދު (ޓޫފޯ) ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ޕޮލިސް ބޯޑުން ނިންމާފައިވާ ކަމަށްބުނެ، 10 އޮކްޓޯބަރު 2022 އިން ފެށިގެން ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ ނިންމުމާއި، ދައުވާލިބޭ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއީލް ޝަމީމް އާދަމް އާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް އަދި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ޕޮލިސް ބޯޑުން ނިންމާފައިވާ ކަމަށްބުނެ ދީފައިވާ ނޯޓިސް އަކީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) އާ ހިލާފަށް ދީފައިވާ ނޯޓިސްތަކެއް ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
އެކަންކަމަށް ރިޔާއަތްކޮށް ފުލުހުންގެ ވަޒީފާއިން ފަސް އޮފިސަރުން ވަކިކުރުމަށް ނިންމާފައިވާ ނިންމުން ބާތިލުކަމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު