މާލޭގެ ގެއެއްގެ ތެރޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ، ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ ހެންވޭރުގެ ގެއެއްގެ ތެރޭގައި ދެ މީހެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީފައިވާކަމުގެ މައުލޫމާތު މިއަދު 12.21 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

މި މާރާމާރީގައި ޒަހަމްވި މީހާއަށް ސެނަހިޔާ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

ފުލުހުން ބުނީ ހަމަލާދިން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.

ފުލުހުން ބުނީ ހަމަލާގައި ޒަހަމްވީ 37 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. އަދި މިމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 25 އަހަރުގެ އަންހެނެއްކަމަށެވެ.

ފުލުހުން ބުނީ މިއީ އާއިލާއެއްގެ ތެރޭގައި ޖެހުނު މައްސަލައެއްގައި، އާއިލާއެއްގެ ތެރޭގައި ހިނގި މާރާމާރީއެއްކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު