އަހުމަދު މަސްނޫމް   21 ޑިސެމްބަރު 2022 - 13:14
ހުޅުމާލޭގައި ހުންނަ އެސްޓީއޯ ފިހާރައިގައި ހުސްކުރާ ސޭލްއެއް ފަށައިފިއެވެ.

އެސްޓީއޯއިން ބުނީ މި ސޭލް ކުރިއަށްދާނީ މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ސޭލް ކުރިއަށްދާނީ 21 އަދި 22 އަދި 24 ވަނަ ދުވަހުގެ ހެނދުނު 8:30 އިން ރޭނގަޑު 10:00 އަށް، އަދި 23 ވަނަ ދުވަހުގެ ހަވީރުގެ 4:00 އިން ރޭގަނޑު 10:00 އަށެވެ.

އެސްޓީއޯއިން ބުނީ ސޭލް ކުރިއަށްދާއިރު ނަމާދު ވަގުތަށް ބަންދުކުރާނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު