ސްޓެލްކޯއިން ބޯހިޔާވަހިކަމުގެ ސްކީމަކާއި ސްކޮލަޝިޕްތަކެއް ތައާރަފްކުރަން ނިންމާފައިވާކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ކަރަންޓު ހިދުމަތް ދޭން ފެށިތާ 73 އަހަރު ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ ސްޓެލްކޯގެ މުވައްޒަފުންގެ ތެރެއިން ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެހީވުމުގެ ގޮތުން ހާއްސަ ސްކީމެއް ތައާރަފްކުރަން ނިންމާފައިވާކަމަށެވެ.
"ސްޓެލްކޯގެ ސްޓާފުންނަށް އެހެން ފަރާތްތަކުން ފޯރުކޮށްދޭ ބޯހިޔާވަހިކަން ހޯދުމަށް އެހީތެރިވުމުގެ ގޮތުން ސްޓާފުންނަށް ބޯހިޔާވަހިކަމުގެ ސްކީމެއް ތައާރަފްކުރާނަން." ޝަރީފް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ ސްކީމްގެ އިތުރުން މަތީ ސާނަވީ އިމްތިހާނު ނިންމާ ދެ ދަރިވަރަކަށް ސްޓެލްކޯއިން ބޭނުންވާ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މަޝްވަރާ ކުރަމުން އަންނަކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ހަކަތައިގެ ދާއިރާގައި ހިދުމަތް ކުރާނެ ދިވެހިން ކުރިމަގުގައި އުފައްދަން ޖެހޭ ކަމަށެވެ. އަދި އެ ދާއިރާއިން މީހުން ބިނާކުރަން ސްޓެލްކޯއިން އަބަދުވެސް މަސައްކަތްކުރާ ކަމަށާއި ދިވެހިން ތަމްރީނުކުރުމަށާއި މުވައްޒަފުންގެ ހުނަރު އިތުރުކުރުމަށް ކޮންމެ އަހަރަކު 7 މިލިއަން ރުފިޔާ ހަރަދުކުރާނެކަމަށް ޝަރީފު ވިދާޅުވިއެވެ.
"ރާއްޖޭގެ މަތީ ސާނަވީ ނިންމާ ކުދިންގެ ތެރެއިން ރަނގަޅު ނަތީޖާ ހޯދާ ކުދިންގެ ތެރެއިން ކޮންމެވެސް ދެ ކުއްޖަކު؛ އަންހެން ކުއްޖަކާ ފިރިހެން ކުއްޖަކު، އަޅުގަނޑުމެން ސްޓެލްކޯއިން ބޭނުންވާ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ހުޅުވާލުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވެމުން ދަނީ." އޭނާ ވިދާޅުވިއެވެ.
ކަރަންޓު ހިދުމަތް ދޭން ފެށިތާ 73 އަހަރު ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނާއިބު ރައީސް ފައިސަލް ނަސީމެވެ. މި ރަސްމިއްޔާތުގައި ސްޓެލްކޯގެ އިސްވެރިންނާއި ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.

ކިޔުންތެރިންގެ ހިޔާލު