ގުޅީފަޅުގައި ހުންނަ އެފްކޮންސްގެ އެކޮމޮޑޭޝަން ބްލޮކުގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އަނެއްކާވެސް އެ ތަނުން އިންސާނެއްގެ ކަށިތަކެއް ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ސާފުކުރަމުން ދަނިކޮށް އަނެއްކާވެސް އިންސާނެއްގެ ކަށިތަކެއް ފެނިފައިވާ ކަމަށާއި އެކަމާއި ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ފުލުހުން ގެންދަނީ ބަލަމުން ކަމަށެވެ.

އެފްކޮންސްގެ އެކަމަޑޭޝަން ބްލޮކްގައި ހިނގި މި ހާދިސާގައި ޖުމުލަ 70 އެއްހާ މީހުންނަށް އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާ ދިނެވެ. އަދި އޭގެ އެއްދުވަސްފަހުން މީހަކު މަދުކަން ފާހަގަވެގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް އެނދި ސަރަހައްދުން އިންސާނެއްގެ ކަށިތަކެއް ފެނިގެން ފުލުހުން މިހާރުވެސް ގެންދަނީ އެތަކެތި ތަހުލީލު ކުރަމުންނެވެ.

އެފްކޮންސްގެ ސައިޓަކީ ގިނަ އަދަދެއްގެ މީހުން ދިރިއުޅެމުންދިޔަ ތަނެކެވެ. އެގޮތުން 457 މީހުން އެތަނުގައި ކައްކާކައިބޮއި ނިދާ ހަދާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު