އިބްރާހިމް ފަހީމް   20 ޑިސެމްބަރު 2022 - 18:56
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނުން ޕްރައިމަރީގެ ކެންޕޭން ފެށީވެސް ފިތުނައިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ފެކްޝަންގެ މެންބަރުން މިއަދުވަނީ އެމަނިކުފާނަށް ތާއީދު ހޯދުމަށް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

މާލޭގައި ކުރިއަށް ގެންދިޔަ ސޮއި ހޯދުމުގެ ހަރަކާތާއި ގުޅުވައި ނިހާދު ވިދާޅުވީ، ރައީސް ޞާލިޙްގެ އެދުމަކީ އެތެރޭގެ އިންތިހާބެއްކަން ގަބޫލުކޮށް ސުލްހަވެރި ރީތި ނަލަ ކެމްޕޭނަކުން މިކަން ނިންމާލުން ކަމަށެވެ.

ނަމަވެސް، ރައީސް ނަޝީދުގެ ޓީމުގެ ސްޓްރެޓެޖީ މިފަހަރުވެސް އޮތީ ހަމަ އެހެންކަމަށާއި ޓީމްގެ ހަރަކާތްތައް ފެށީވެސް ފިތުނައިން ކަމަށެވެ.



ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި ރޭ ރައީސް ޞާލިޙްވެސް ވަނީ އެމަނިކުފާނަށް ތާއީދު ކުރާ މެންބަރުންނާއެކު ކެމްޕޭން ރަސްމީކޮށް ފައްޓަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު