ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ މީހަކު ހޮވުމަށް އެ ޕާޓީގެ އެތެރޭގައި ބާއްވާ ޕްރައިމަރީ ކާމިޔާބު ކުރައްވާނެކަމަށް ފެންނަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޒައިދު މިއަދު ވިދާޅުވީ، އޭނާއަށް ލަފާކުރެއްވޭ ގޮތުގައި ޕްރައިމަރީގައި ރައީސް ނަޝީދުވެސް ކޮންމެވެސް ވަރެއްގެ ވޯޓުކޮޅެއް ހޯއްދަވާނެކަމަށެވެ. އަދި ޕްރައިމަރީގެ އަޣުލަބިއްޔަތު ލިބޭނީ ރައީސް ޞާލިޙަށް ކަމަށާއި އެގޮތަށް ނަތީޖާ ނުކުތުމަށްފަހު، ޕްރައިމަރީގައި ކުރާ ހުރިހާ ތުހުމަތެއް ނުކުރާ ކަންކަމަށް ބަދަލުވާނެ ކަމަށް ޒައިދު ވިދާޅުވިއެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގެ ބޭނުމުގައި ރައީސް ޞާލިޙްގެ ފަހަތްޕުޅަށް ނަޝީދު އަރާވަޑައިގަންނަވާ މަންޒަރު ފެނިގެންދާނެކަމަށް ޒައިދު ވިދާޅުވިއެވެ.
ޒައިދު މިފަދައިން ވިދާޅުވިއިރު، އޭނާއަކީ ރައީސް ނަޝީދާއި ވަރަށް ބޮޑަށް ހިޔާލުތަފާތު ބޭފުޅެކެވެ. އަދި ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވުމާއި ވަރަށް ބޮޑަށް ދެކޮޅު ބޭފުޅެއްކަން ޒައިދު މީގެ ކުރިންވެސް ވަނީ އެކި ފަހަރުމަތިން ހާމަ ކުރައްވާފައެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ޕްރައިމަރީގެ ކެމްޕޭން ރައީސް ޞާލިޙް ރޭ ވަނީ ރަސްމީކޮށް ފައްޓަވާފައެވެ. ރައީސް ނަޝީދުވެސް ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަ ކުރައްވައި ތާއީދު ހޯއްދެވުމުގެ މަސައްކަތް ފައްޓަވާފައެވެ.

އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ޕްރައިމަރީގައި ރނ ވެސް ކޮންމެވެސް ވަރެއްގެ ވޯޓުކޮޅެއް ހޯދާނެ! ނަމަވެސް އަޣްލަބިއްޔަތު ލިބޭނީ ރޞ އަށް! އެއަށްފަހު ޕްރައިމަރީގައި ކުރިހާ ތުހުމަތުތައް ނުކުރާ ތުހުމަތަށް ބަދަލުވެ އަނެއްކާވެސް މަޖިލސް ރ ކަމަށްޓަކައި ރޖ ފަހަތަށް ރނ އަރުއްވާތަން ފެންނާނެ!
— Ali Zaid (@alizaid1000) December 20, 2022
ޒައިދު މިފަދައިން ވިދާޅުވިއިރު، އޭނާއަކީ ރައީސް ނަޝީދާއި ވަރަށް ބޮޑަށް ހިޔާލުތަފާތު ބޭފުޅެކެވެ. އަދި ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވުމާއި ވަރަށް ބޮޑަށް ދެކޮޅު ބޭފުޅެއްކަން ޒައިދު މީގެ ކުރިންވެސް ވަނީ އެކި ފަހަރުމަތިން ހާމަ ކުރައްވާފައެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ޕްރައިމަރީގެ ކެމްޕޭން ރައީސް ޞާލިޙް ރޭ ވަނީ ރަސްމީކޮށް ފައްޓަވާފައެވެ. ރައީސް ނަޝީދުވެސް ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަ ކުރައްވައި ތާއީދު ހޯއްދެވުމުގެ މަސައްކަތް ފައްޓަވާފައެވެ.
ކިޔުންތެރިންގެ ހިޔާލު