ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއެކު ޤައުމު ތަރައްގީވެ، އަމާންކަމާއި އުފާވެރިކަން ލިބޭނެކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވީ ރާއްޖެއިން މިއަހަރަށް ކަނޑައެޅި ފަތުރުވެރިންގެ އަމާޒަށް ވާސިލުވުމާއި ގުޅިގެން ސަރުކާރަށް ތައުރީފް ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.
ރޮޒައިނާ ވިދާޅުވީ ހިސާބު ރަނގަޅަށް ޖައްސަވައިގެން އިގްތިސޯދު މެނޭޖް ކުރައްވަން އެނގިވަޑައިންނަވާ ރައީސަކީ ރައީސް ސާލީހުކަން ވަރަށް ސާފުކަމަށެވެ. އަދި ރައީސަށް އިތުބާރު ކުރައްވާ، ދެވަނަ ދައުރެއް ދެއްަވައިފިނަމަ އަރަނި ބަޖެޓެއް ލިބި ޤައުމު ތަރައްގީވެ އަމާންކަމާއި އުފާވެރިކަން ލިބޭނެކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
"ހިސާބުރަނގަޅަށް ޖައްސަވައިގެން އިގްތިސޯދު މެނޭޖް ކުރައްވަން އެނގިވަޑައިންނަވާ ރައިސްއަކީ ރައީސް ސާލީހުކަން ވަރަށް ސާފު. އިތުބާރު ކުރައްވާ ދެވަނަ ދައުރެއް ދެއްވާ! އަރަނި ބަޖެޓެއް ލިބި ޤައުމު ތަރައްގީވެ އަމާންކަމާ އުފާވެރިކަން ލިބޭނެ." ރޮޒައިނާ ވިދާޅުވިއެވެ.
ރާއްޖެއިން މިއަހަރު ފަތުރުވެރިކަމަށް ކަނޑައެޅީ 1.6 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒެކެވެ. އެ އަމާޒު މިއަދު ވަނީ ހާސިލުކޮށްފައެވެ.
ސަރުކާރުން މި އަހަރަށް ކަނޑައެޅި ފަތުރުވެރިކަމުގެ އަމާޒު ހާސިލްކޮށްފައިވާއިރު ރާއްޖޭގެ އިގްތިސާދުވެސް އަންނަނީ ކޯވިޑަށްފަހު އިއާދަވަމުންނެވެ. އަދި މި އަހަރު ނިމޭއިރު ކޯވިޑްގެ ކުރިން އިގްތިޞާދު އޮތް ހާލަތަށް ރާއްޖޭގެ އިގްތިސާދު ދާނެކަމަށް ސަރުކާރުން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު