މިއަހަރު ރާއްޖެ ޒިޔާރަތްކުރި 1.6 މިލިއަން ވަނަ ފަތުރުވެރިޔަކަށް އިންޑިއާގެ ރައްޔިތަކު ހޮވިއްޖެއެވެ.

ރާއްޖެއިން މިއަހަރު ފަތުރުވެރިކަމަށް ކަނޑައެޅީ 1.6 މިލިއަން ފަތުރުވެރިން ގެނައުމެވެ. އެ އަމާޒަށް މިއަދު ވަނީ ވާސިލުވެފައެވެ.

އެމްއެމްޕީއާރުސީން ބުނީ ރާއްޖެއަށް މިއަހަރު 1.6 މިލިއަން ވަނައަށް ޒިޔާރާތްކުރި ފަތުރުވެރިޔަކީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ތެޖާސް ސަންޖޭ ނަމަކަށް ކިޔާ މީހެއްކަމަށެވެ.



މިއީ ސަންޖޭ ރާއްޖެއަށް ކުރި ފުރަތަމަ ދަތުރެވެ. އަދި އޭނާ ރާއްޖެ އައީ ހަނީ މޫނަށް އަންހެނުނާއެކުއެވެ. އޭނާ ރާއްޖެ އައީ އެމެރިކާގެ ނިއު ޔޯކުން ފުރައިގެނެވެ.

1.6 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް އެއަރޕޯޓްގައި ވަނީ ހާއްސަ ހަރަކާތްތަކެއް ބާއްވާފައެވެ.

މި ހަރަކާތުގައި ނާއިބު ރައީސް ފައިސަލް ނަސީމްއާއި ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް އާއި އެމްއެމްޕީއާރުސީ މެނޭޖިންގ ޑިރެކްޓަރ ބައިވެރިވެވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު