ފަގީރު ގައުމަކުން ތަރައްގީވަމުން އަންނަ ގައުމަކަށް ރާއްޖެ ބަދަލުކޮށްލުމުގައި ޖަޕާނުގެ ހިއްސާ ވަރަށް ބޮޑުކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އަޙުމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ ޖަޕާން ސަރުކާރުގެ އެހީގައި މާލޭގައި ވަށައި ތޮށި ލުމަށް ކުރިއަށްގެންދިޔަ މަޝްރޫޢުގެ މޮނިއުމަންޓް އުސްފަސްގަނޑުގައި އަލުން ބެހެއްޓުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ރަސްމިއްޔާތުގައި ވާހަަކަދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ފަގީރު ގައުމެއްގެ ގޮތުގައި އޮތް ރާއްޖެއަށް ތަރައްގީއާއި ކުރިއެރުން ގެނެސްދިނުމުގައި ޖަޕާނު ސަރުކާރަކީ ވަރަށް މުހިންމު ބައިވެރިއެއް ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މާލޭގެ ވަށައިގެން ލެވިފައިވާ ތޮއްޓަކީ ރާއްޖެއާއި ޖަޕާނުގެ ގުޅުމުގެ ރަމްޒުކަމަށެވެ. އަދި މާލެ ވަށާ ތޮށިލުމުގެ ޕްރޮޖެކްޓަކީ ހަމައެކަނި އުމްރާނީ ތަރައްޤީ ނޫންކަމަށާއި، މިއީ މާލޭގެ ރައްޔިތުންގެ ދިރިއުޅުމާއި ގުޅިފައިވާ މަސައްކަތެއްކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
އަސްލަމްގެ ވާހަކަފުޅުގައި ބަނދަރާއި ތޮށިލުމުގެ މަސައްކަތުގެ އިތުރުން، ރާއްޖޭގެ ރަށްރަށުގެ ސްކޫލްތައް ބިނާކުރުމަށްވެސް ސަރުކާރުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިންކަން ފާހަގަކުރެއްވިއެެވެ.
"ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށުގައި ސްކޫލްތައްވެސް އެޅީ ޖަޕާނު ސަރުކާރުގެ އެހީގައި." އަސްލަމް ވިދާޅުވިއެވެ.
ރާއްޖެއާއި ޖަޕާނާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1967ވަނަ އަހަރުއެވެ.
ޖަޕާނާއި ރާއްޖޭގެ ގުޅުމަށް މިއަހަރު 55 އަހަރު ފުރިފައިވާއިރު، އެކަން ފާހަގަކުރުމަށް ގިނަ ހަރަކާތްތައް ދަނީ ހިންގަމުންނެވެ.

Male’ Seawall project is one of the biggest infrastructure projects carried out in the Maldives. And the tetrapods around the city of Male’ is a great fortification of Male’ against forces of Nature. pic.twitter.com/9Z4KJGobY6
— Min.of National Planning, Housing & Infrastructure (@MoNPHImv) December 20, 2022
ރާއްޖެއާއި ޖަޕާނާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1967ވަނަ އަހަރުއެވެ.
ޖަޕާނާއި ރާއްޖޭގެ ގުޅުމަށް މިއަހަރު 55 އަހަރު ފުރިފައިވާއިރު، އެކަން ފާހަގަކުރުމަށް ގިނަ ހަރަކާތްތައް ދަނީ ހިންގަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު