1987 ވަނަ އަހަރު ޖަޕާން ސަރުކާރުގެ އެހީގައި މާލޭގައި ވަށައި ތޮށި ލުމަށް ކުރިއަށްގެންދިޔަ މަޝްރޫޢުގެ ހަދާނީ ބިނާއެއްގެ ގޮތުގައި ހުރި "ބަޖިޔާ ގާ" ނުވަތަ "ޓެޓްރަޕޮޑް" އަލުން ބަހައްޓައިފިއެވެ.
ހެންވޭރު ޕާކުގައި ހުރި މި މޮނިއުމަންޓް ނަގާފައިވަނީ 2017 ވަނަ އަހަރުގެ ސިނަމާލެ ބްރިޖު ހެދުމުގެ މަސައްކަތަށެވެ. އޭގެފަހުން އެ މޮނިއުމަންޓް އެހެންތަނެއްގައި ބަހައްޓާފައެއް ނުވެއެވެ.
މި ގައު ނަގާފައިވަނީ މިދިޔަ ސަރުކާރުގައި، ސިނަމާލެ ބްރިޖްގެ މަސައްކަތަށެވެ. އޭގެ ފަހުން، މި ގައު އާއްމުކޮށް ފެންނަ ގޮތަށް ބަހައްޓާފައެއް ނުވެއެވެ.
ސަރުކާރުން މިއަދު ވަނީ ޖަޕާނާއި ރާއްޖޭގެ ގުޅުމަށް 55 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން، މި މޮނިއުމަންޓް މިއަދު އަލުން އުސްފަސްގަނޑުގައި ބަހައްޓާފައެވެ.
މިކަމަށްޓަކާ އުސްފަސްގަނޑުގައި ބޭއްވި ރަސްމިއްޔާތުގައި މިކަން ޝަރަފުވެރިކޮށްދެއްވީ ޖަޕާނު ސަރުކާރުގެ ސްޓޭޓް މިނިސްޓަރ ފޮރ ފޮރިން އެފެއަރސް ޓަކެއީ ޝުންސްކޭއެވެ. މިރަސްމިއްޔާތުގައި ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް އާއި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންނެވިއެވެ.
ރައްކާތެރިކަމަށް، މާލޭގެ ވަށާ ލާފައިވާ ތޮއްޓަކީ ޖަޕާނު ސަރުކާރުގެ އެހީގައި 1987ވަނަ އަހަރު ޤާއިމުކުރި ތޮއްޓެކެވެ. މިއީ ރާއްޖޭގައި ޝޯ ޕްރޮޓެކްޝަން ނުވަތަ ގޮނޑުދޮށް ޙިމާޔަތްކުރުމަށް މިހާތަނަށްވެސް ހިންގާފައިވާ އެންމެ ބޮޑު މަސައްކަތެކެވެ.
އެންމެ ޒަމާނީ ފެންވަރަށް "ޓެޓްރަޕޮޑް" ގައު ބޭނުންކޮށްގެން ލާފައިވާ ބޭރު ތޮއްޓަކީ، މޫސުމީ އެކި ކާރިސާތަކުން މާލެ ސަލާމަތްކޮށްދިން މަޝްރޫޢެކެވެ. މި މުޅި މަޝްރޫޢު ނިންމުމަށް ގާތްގަނޑަކަށް 15 އަހަރު ހޭދަވިއެވެ.

To celebrate the 55th Anniversary of Maldives-Japan relations the tetrapod monument was relocated and unveiled today at Male' Usfasgandu Area by Minister Mohamed Aslam, Minister of Foreign Affairs Abdulla Shahid and the State Minister for Foreign Affairs of Japan, Takei Shunsuke. pic.twitter.com/fhwdkHnW2b
— Min.of National Planning, Housing & Infrastructure (@MoNPHImv) December 20, 2022
މިކަމަށްޓަކާ އުސްފަސްގަނޑުގައި ބޭއްވި ރަސްމިއްޔާތުގައި މިކަން ޝަރަފުވެރިކޮށްދެއްވީ ޖަޕާނު ސަރުކާރުގެ ސްޓޭޓް މިނިސްޓަރ ފޮރ ފޮރިން އެފެއަރސް ޓަކެއީ ޝުންސްކޭއެވެ. މިރަސްމިއްޔާތުގައި ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް އާއި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންނެވިއެވެ.
ރައްކާތެރިކަމަށް، މާލޭގެ ވަށާ ލާފައިވާ ތޮއްޓަކީ ޖަޕާނު ސަރުކާރުގެ އެހީގައި 1987ވަނަ އަހަރު ޤާއިމުކުރި ތޮއްޓެކެވެ. މިއީ ރާއްޖޭގައި ޝޯ ޕްރޮޓެކްޝަން ނުވަތަ ގޮނޑުދޮށް ޙިމާޔަތްކުރުމަށް މިހާތަނަށްވެސް ހިންގާފައިވާ އެންމެ ބޮޑު މަސައްކަތެކެވެ.
އެންމެ ޒަމާނީ ފެންވަރަށް "ޓެޓްރަޕޮޑް" ގައު ބޭނުންކޮށްގެން ލާފައިވާ ބޭރު ތޮއްޓަކީ، މޫސުމީ އެކި ކާރިސާތަކުން މާލެ ސަލާމަތްކޮށްދިން މަޝްރޫޢެކެވެ. މި މުޅި މަޝްރޫޢު ނިންމުމަށް ގާތްގަނޑަކަށް 15 އަހަރު ހޭދަވިއެވެ.

FRA
NOR
ENG
ކިޔުންތެރިންގެ ހިޔާލު