މިފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކުރިއަށް ދިޔައިރު ޓްވިޓަރގައި އެންމެ ގިނަ ބަޔަކު ދައްކާފައިވަނީ މެސީއާއި އާރޖެންޓީނާގެ ވާހަކަކަމަށް ޓްވިޓާރގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޓްވިޓަރއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ވޯލްޑް ކަޕް ކުރިއަށް ދިޔައިރު ވޯލްޑް ކަޕާއި ގުޅޭ އިމްޕްރެޝަންގެ އަދަދު 147 ބިލިއަނަށް އަރައެވެ. މިއީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕާއި އަޅާބަލާއިރު ވަރަށް ބޮޑަށްވެސް އިތުރު އަދަދެކެވެ. އަދި 2020 ވަނަ އަހަރު ޓޯކިޔޯ އޮލިމްޕިކްސްއާ އަޅާބަލާއިރުވެސް ދެ ގުނަ އިތުރު އަދަދެކެވެ.
މިނެޓެއްގައި ކުރި ޓްވީޓްތަކުގެ އަދަދަށް ބަލާއިރުއެންމެ ގިނައިން މީހުން ޓްވީޓްކޮށްފައިވަނި މުބާރާތް އާޖެންޓީނާއިން ކާމިޔާބުކުރުމުންނެވެ. ދެވަނައަށް އެންމެ ގިނަ ޓްވީޓްކުރީ ފައިނަލް މެޗުގައި އެމްބާޕާގެ ދެވަނަ ގޯލާއެކުއެވެ. 3 ވަނަ އަށް އެންމެ ގިނަ ޓްވީޓްކުރީ ބްރެޒިލް ކަޓުވާލުމަށްފަހު ކޮރެއޭޝިޔާއިން މުބާރާތް ކާމިޔާބުކުރުމުންނެވެ.
ވޯލްޑް ކަޕާއި ގުޅޭގޮތުން ކުރެވުނު ޓްވީޓްތަކުގެ ތެރޭގައި އެންމެ ގިނައިން ދެކެވުނީ އާރޖެންޓީނާގެ ތަރި މެސީގެ ވާހަކަކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މި ލިސްޓުގެ ދެވަނަ ލިބެނީ އެމްބާއްޕޭއަށެވެ. 3 ވަނަ ނޭމާއަށް ލިބޭއިރު، 4 ވަނަ ލިބުނީ ކްރިސްޓިއާނޯ ރޮނާލްޑޯއަށެވެ.
ޓީމުތަކަށް ބަލާއިރު، އެންމެ ގިނައިން ވާހަކަ ދައްކާފައިވަނީ ނުވަތަ މެންޝަންކޮށްފައިވަނީ އާރޖެންޓީނާއެވެ. މި ލިސްޓުން ބްރެޒިލަށް ދެވަނަ ލިބޭއިރު، ފްރާންސަށް ލިބެނީ 3 ވަނައެވެ.
ގައުމުތަކުން ޓްވީޓްކުރި އަދަދަށް ބަލާއިރު އެންމެ ގިނަ ޓްވީޓް އައިސްފައިވަނީ ބްރެޒިލުންނެވެ. 2 ވަނައަށް އެންމެ ގިނައިން ޓްވީޓް ލިބިފައި ވަނީ ޖަޕާނުންނެވެ. މި ލިސްޓުގެ 3 ވަނަ ލިބެނީ އާޖެންޓީނާއަށެވެ.

Stats on Twitter World Cuphttps://t.co/y91SB99eKZ
— Elon Musk (@elonmusk) December 20, 2022
މިނެޓެއްގައި ކުރި ޓްވީޓްތަކުގެ އަދަދަށް ބަލާއިރުއެންމެ ގިނައިން މީހުން ޓްވީޓްކޮށްފައިވަނި މުބާރާތް އާޖެންޓީނާއިން ކާމިޔާބުކުރުމުންނެވެ. ދެވަނައަށް އެންމެ ގިނަ ޓްވީޓްކުރީ ފައިނަލް މެޗުގައި އެމްބާޕާގެ ދެވަނަ ގޯލާއެކުއެވެ. 3 ވަނަ އަށް އެންމެ ގިނަ ޓްވީޓްކުރީ ބްރެޒިލް ކަޓުވާލުމަށްފަހު ކޮރެއޭޝިޔާއިން މުބާރާތް ކާމިޔާބުކުރުމުންނެވެ.
24,400 tweets per second for France’s goal, highest ever for World Cup!
— Elon Musk (@elonmusk) December 18, 2022
ވޯލްޑް ކަޕާއި ގުޅޭގޮތުން ކުރެވުނު ޓްވީޓްތަކުގެ ތެރޭގައި އެންމެ ގިނައިން ދެކެވުނީ އާރޖެންޓީނާގެ ތަރި މެސީގެ ވާހަކަކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މި ލިސްޓުގެ ދެވަނަ ލިބެނީ އެމްބާއްޕޭއަށެވެ. 3 ވަނަ ނޭމާއަށް ލިބޭއިރު، 4 ވަނަ ލިބުނީ ކްރިސްޓިއާނޯ ރޮނާލްޑޯއަށެވެ.
ޓީމުތަކަށް ބަލާއިރު، އެންމެ ގިނައިން ވާހަކަ ދައްކާފައިވަނީ ނުވަތަ މެންޝަންކޮށްފައިވަނީ އާރޖެންޓީނާއެވެ. މި ލިސްޓުން ބްރެޒިލަށް ދެވަނަ ލިބޭއިރު، ފްރާންސަށް ލިބެނީ 3 ވަނައެވެ.
ގައުމުތަކުން ޓްވީޓްކުރި އަދަދަށް ބަލާއިރު އެންމެ ގިނަ ޓްވީޓް އައިސްފައިވަނީ ބްރެޒިލުންނެވެ. 2 ވަނައަށް އެންމެ ގިނައިން ޓްވީޓް ލިބިފައި ވަނީ ޖަޕާނުންނެވެ. މި ލިސްޓުގެ 3 ވަނަ ލިބެނީ އާޖެންޓީނާއަށެވެ.
ކިޔުންތެރިންގެ ހިޔާލު