ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އަލުން ކަނޑައަޅުއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ކުނިމެނޭޖްކުރުމުގެ ޤާނޫނު ގެ 30 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، ދިވެހިރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ސިންގަލް- ޔޫޒް ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ކަނޑައަޅުއްވާފައިވާކަމަށެވެ.

ކުރިން މި ލިސްޓު ކަނޑައަޅުއްވާފައި ވަނީ ދިވެހި ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނުގެ ދަށުންނެވެ. ނަމަވެސް ކުނިމެނޭޖްކުރުމުގެ ޤާނޫނަށް އަމަލުކުރަން ފެށުމާއެކު ކުރީގެ ގާނޫނުގެ 8-1 ވަނަ މާއްދާ އުވިގެން ދިއުމާގުޅިގެން އަލުން މި ލިސްޓު ކަނޑައެޅުއްވީއެވެ.

ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެތީގެ ތެރެއިން ތިމާވެެއްޓަށް ގެއްލުންދޭ 13 ބާވަތެއް، ލިސްޓުގައި ބަޔާންކޮށްފައިވާ ވަކި ތާރީޚްތަކަކުން ފެށިގެން އެތަކެތި ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކަމުގައި މި ޤަރާރުގައި ބަޔާންކުރައްވާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު