ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލީހު ދެވަނަ ދައުރަކަށް އިންތިހާބުކުރަން ތާއީދުކުރަނީ ކޯވިޑްގެ ހާލަތުން އަރައިގަތުމަށް ކުރެއްވި މަސައްކަތްޕުޅުގެ ސަބަބުންކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފައި މިވަނީ ކުރިއަށް އޮތް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ނިންމެވުމާއި ގުޅިގެނެވެ.



ޝަރީފް ވިދާޅުވީ ކޯވިޑްގެ ކާރިސާތެރޭގައި ރައީސް ސާލިހު ގައުމު ސަލާމަތުގެ އައްސޭރި ގެންގޮސްދެއްވީ ބޮޑެތި ގޮންޖެހުންތަކާއި ކެރިގެން ކުރިމަތިލައްވައިގެން ކަމަށެވެ. އަދި ވިސްނުންތެރިކަމާއި ޙިކުމަތްތެރިކަމާއެކު ރައީސް ސާލިހު ކުރެއްވި މަސައްކަތުން ސަރުކާރު މެނޭޖްކުރެވިފައިވާކަން ޝަރީފް ފާހަގަކުރެއްވިއެެވެ.

އެމްޑީޕީގެ ޕްރައިމަރީ އަންނަމަހު ބާއްވަން ނިންމާފައިވާއިރު ޕްރައިމަރީގައި ވާދަކުރައްވާނެކަން ރައީސް ނަޝީދާއި ރައީސް ސާލިހު ވަނީ އިއުލާންކުރައްވާފައެވެ. އަދި ދެ ބޭފުޅުންވެސް ވަނީ މިހާރު ކެމްޕެއިންގެ މަސައްކަތް ފަށްޓަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު