އެފްކޮންސް ކުންފުނީގެ ގުޅީފަޅު ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު މުވައްޒަފަކު ގެއްލިގެން ހޯދަމުން ދަނިކޮށް،ފެނުނު އިންސާނެއްގެ ކަށިތަކުގެ ޑީއެންއޭ ޓެސްޓް ހަދަން ނިންމައިފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.
ގުޅީފަޅުގައި ހުންނަ އެފްކޯންސްގެ އެކޮމަޑޭޝަން ބްލޮކުގައި މިދިޔަ ބުރާސްފަތި ދުވަހުގެރޭ ހިނގި އަލިފާނުގެ ހާދިސާއަށްފަހު އެތަނުގެ މުވައްޒަފަކު ގެއްލިގެން ހޯދަމުން ދަނިކޮށް، އެކޮމަޑޭޝަން ބްލޮކް ތެރެއިން އިންސާނެއްގެ ކަށިތަކެއް ކަމަށް ބެލެވޭ އެެއްޗެހިތަކެއް އިއްޔެ ވަނީ ފެނިފައެވެ. އެފްކޮންސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއީ ކާކުގެ ހަށިގަނޑެއްކަން ޔަގީން ކުރެވޭނީ ޑީއެންއޭ ޓެސްޓަކަށް ފަހު ކަމަށެވެ. އަދި މި ވަގުތު ވެސް ގެއްލުނު މީހާގެ އާއިލާއާ ގުޅައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެ ބަޔާނުގައި ބުނެފައިިވެއެވެ.
ފުލުހުން އިއްޔެ ބުނީ އެކޮމަޑޭޝަން ބްލޮކް ތެރެއިން އިންސާނެއްގެ ބައިތަކެއް ކަމަށް ބެލެވޭ ބައިތަކެއް ފެނިފައިވާ ކަމަށާއި އެއީ އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއްތޯ އާއި ގެއްލިގެން އުޅޭ މީހާގެ ހަށިގަނޑުގެ ބައިތަކެއްތޯ ކަށަވަރުކުރުމަށް ކުރަންޖެހޭ ތަހުލީލުތައް ކުރަމުންދާ ކަމަށެވެ.
ގުޅީފަޅު އެކޮމަޑޭޝަން ބްލޮކްގައި ރޯވިއިރު ޖުމްލަ 457 މުވައްޒަފުން އެތަނުގައި ތިއްބެވެ. އެ ހާދިސާގައި 70 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާވެ ހޮސްޕިޓަލުން ފަރުވާ ހޯދާފައިިވެއެވެ. އެހާދިސާގައި އެކޮމަޑޭޝަން ބްލޮކް ވަނީ އެއްކޮށް އަނދާ އަޅިއަށް ވެފަ އެވެ. އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭގެއެވެ.

ކިޔުންތެރިންގެ ހިޔާލު