ލ. ގަމު މެޖިސްޓްރޭޓު ކޯޓުގެ އިސްމެޖިސްޓްރޭޓު ކޮށްދެއްވި ކައިވެންޏަކާ ގުޅިގެން ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ލ. ގަމު މެޖިސްޓްރޭޓު ކޯޓުގެ އިހުތިސާސުން ބޭރުން ކައިވެންޏެއް ކޮށްދީ ކައިވެނި ކޮށްދޭން ހުއްދަދިން މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅި އެ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށެވެ.

ގަމު ކޯޓުގެ އިސްމެޖިސްޓްރޭޓު ޢަބްދުލްފައްތާޙު ޢަބްދުލްޣަފޫރުގެ މި މައްސަލަ ބަލަން ނިންމާފައިވަނީ ޖޭއެސްސީގެ 88 ވަނަ ޖަލްސާއިން 7 ޑިސެންބަރު 2022 ވަނަ ދުވަހުއެވެ.

މި މައްސަލައިގެ އިތުރު ތަފުސީލު ނުދީ، އެ ކޮމިޝަނުން ބުނީ، މައްސަލަ ބެލުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.

ކޯޓުތަކުގެ ގާނޫނުގައި ބުނެފައި އޮންނަނީ މެޖިސްޓްރޭޓު ކޯޓުތަކަށް ބެލޭނީ އެ ކޯޓުތަކުގެ ޖުޑީޝަލް ދާއިރާގެ އިހުތިސާސްގެ ތެރޭގައި ހިނގާ ޖިނާއީ، މަދަނީ އަދި އާއިލީ މައްސަލަތައް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު