އެމްޑީޕީގެ މެންބަރުންގެ ދަފްތަރާމެދު އެ ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ސުވާލު އުފެއްދެވުމާއި ގުޅިގެން އެ ޕާޓީން ކުއްލި ނޫސްބަޔާނެއް ނެރެ ޕާޓީގެ ރައީސަށް ރައްދު ދީފިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ވާދަ ކުރައްވަން ނިންމަވާ، އެކަން ޕާޓީއަށް އެންގެވި ސިޓީގައި އެމަނިކުފާނުވަނީ ޕާޓީގައި ތިބި ގިނަ ބަޔަކު ޕާޓީން ވަކިކޮށްފައިވާ ކަމަށާއި އެހެންކަމުން ޕާޓީގެ މެންބަރުންގެ ދަފްތަރު އޮތީ ވަރަށް ބޮޑަށް ގަޑުބަޑުވެފައި ކަމަށް ވިދާޅުވެފައެވެ. އަދި އެހެން އެކަންއޮވެ ޕްރައިމަރީއަށް ގޮސްފިނަމަ އެ އިންތިހާބު އިންސާފުވެރި ނުވާނެކަމަށް ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ.
ނަޝީދުގެ މި ތުހުމަތާއި ގުޅިގެން އެމްޑީޕީން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޕާޓީގެ މެންބަރޝިޕްގެ ކަންކަން ބެލެހެއްޓުމަކީ ޕާޓީން އެންމެ އިސްކަމެއް ދީގެން ކުރަމުން ގެންދާ އެއް މަސައްކަތް ކަމަށާއި ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލެވެންވާނީ އެ ޕާޓީގެ މެންބަރުންނަށް އެކަނި ކަމަށެވެ.
ނަމަވެސް, ޕާޓީން ބަލަހައްޓަމުންދިޔަ ދަފްތަރު އޮތީ އެހެން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނާއި އެ ޕާޓީތަކުގެ މަގާމުތަކުގައި ތިބޭ ފަރާތްތަކުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރުމަށާއި ވޯޓުގަޑުބަޑުކޮށްލުމުގެ ފުރުސަތު ލިބިގެންދާ ގޮތަށް ކަމަށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އެއީ ޕާޓީގެ ސިޔާސަތުތައް ކުރިއެރުވުމަށް ހުރަހަކަށް ވާނެތީ އެމްޑީޕީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕާޓީގެ ދަފްތަރު ސައްހަކުރަން ނިންމުމަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ
ނިންމުމެއް ކަަމަށް އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނިގޮތުގައި އެޕާޓީގެ އަސާސީ ގަވާއިދުގެ 19 ވަނަ މާއްދާގެ (ހ) ގައި ޕާޓީގެ މެމްބަރުކަން ބާތިލުވާނީ ޕާޓީގެ މެމްބަރަކު އެމްޑީޕީ ފިޔަވައި އެހެން ސިޔާސީ ޕާޓީއެއްގައި ބައިވެރިވުން އަދި އެހެން ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވުމުންނެވެ. އަދި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 9 ވަނަ މާއްދާގެ (ނ) ގައި “އެއްވެސް މީހަކަށް އެއްފަހަރާ އެއް ސިޔާސީ ޕާޓީއަށް ވުރެ ގިނަ ސިޔާސީ ޕާޓީގެ މެމްބަރަކަށް ނުހުރެވޭނެ” ކަމަށް ބަޔާންކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެފައި ވެއެވެ.
އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހަށް 29 މޭ 2022 ގައި ހުށަހެޅި ފާސްކުރެވުނު ގަރާރުގައި އޮތީ "މިވަގުތު އެމްޑީޕީއިން ބަލަހައްޓަމުން ގެންދާ ދަފްތަރުގައި ހިމެނޭ އިލެކްޝަންސް ކޮމިޝަންގެ އެމްޑީޕީގެ ރަސްމީ ދަފްތަރުގައި ހިމެނޭ 54,599 މެމްބަރުންނަކީ އެމްޑީޕީގެ ރަސްމީ ދަފްތަރުކަމަށް ބަލައި, ދެން ތިބި 39,911 މީހުންނަށް އެމްޑީޕީގެ މެމްބަރުކަން ސައްހަކުރުމަށް ތިން މަސް ދިނުމަށާއި, މީގެ ތެރެއިން އިލެކްޝަންސް ކޮމިޝަންގައި އެހެން ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހުން އެމްޑީޕީ އިން ވަކިކުރުމަށާއި, އެމްޑީޕީގެ އެއްވެސް މަގާމެއްގައި ހުރި މެމްބަރަކު ނަމަ އެއްމަސް ދުވަސްތެރޭގައި މެމްބަރޝިޕް ސައްހަ ކުރުމަށް." ކަމަށެވެ.
އެހެންކަމުން އެ ނިންމުމާ އެއްގޮތަށް މިއަދާ ހަމައަށް ވެސް އެ މެމްބަރުން އެމްޑީޕީގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އޮތީ ހުޅުވިފައި ކަމަށާއި ނިމިދިޔަ ޗެއަރޕާސަން އިންތިހާބުގައި ވާދަކުރި ދެ ކެންޑިޑޭޓުން ވެސް ކެމްޕެއިންގައި ޕާޓީގެ ދަފްތަރު ސައްހަކުރަންޖެހޭކަމަށް ވިދާޅުވެފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ފުރުސަތު ލިބެން ޖެހޭނީ ޕާޓީގެ ސައްހަ މެމްބަރުންނަށް ކަމަށްވާއިރު ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިން ދަފްތަރު މިހާރު އޮތީ ސައްހަ ކުރެވި ޕާޓީއަށް ވަންނަން އެދޭ އެންމެހާ ދިވެހި ރައްޔިތުންނަށް ފުރުސަތު ހުޅުވިފައި ކަމަށްވެސް އެޕާޓީން ބުންޏެވެ.
މީގެ އިތުރުން، އެމްޑީޕީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތްވާގޮތުގެ މަތިން, ދަފްތަރު ސައްހަކޮށް, ބެލެހެއްޓެމުން ދަނިކޮށް އެ ދަފްތަރާ މެދު ސުވާލު އުފެދޭ ގޮތަށް ޕާޓީގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެފައިވާތީ އެކަމާ ހިތާމަކުރާ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު