ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން މަމްސް އެންޖީއޯއާ ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި އެޗްޑީސީގެ ހެޑްއޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. އަދި މަމްސް އެންޖީއޯގެ ފަރާތުން ސޮއިކުރެއްވީ ކޯ-ފައުންޑާ ސިތްރާ މުހައްމަދެވެ.
އެޗްޑީސީން ވަނީ އެ ކޯޕަރޭޝަންގެ ސީއެސްއާރް އިނީޝިއޭޓިވްގެ ދަށުން އޮފީސް ސްޕޭސްއެއްގެ ގޮތުގައި، މަމްސް އެންޖީއޯއަށް ޑޮނޭޝަންގެ ގޮތުގައި ހަދިޔާ ކުރި ސާމާނުތަކާއި އެހެނިހެން ތަކެތި ސްޓޯކުރުމަށް ހާއްސަކޮށް ހިޔާ ފުލެޓުގެ ޔުނިޓެއް ހިލޭ ދޭން ނިންމާފައެވެ.
މީގެ އިތުރުން މަމްސް އެންޖީއޯއިން ހިޔާ ފުލެޓުގައި ދިރިއުޅެމުންދާ އަންހެނުންނާ ގުޅުން ބަދަހިކޮށް އެމީހުންގެ ކަންބޮޑުވުންތައް އަޑު އަހައި އެޗްޑީސީއާއެކު ވަކި ކެމްޕެއިނެއްގެ ދަށުން އެހީތެރިވުމަށްވެސް ވަނީ އެއްބަސްވެފައެވެ.
މީގެ އިތުރުން، މަމްސް އެންޖީއޯއަށް "ހޯޕް ފޮ މަމްސް" ކެމްޕެއިންގެ ދަށުން ލިބިފައިވާ ކޮންސްޓްރަކްޝަން ސާމާނުތައް ބެހެއްޓުމަށް އެޗްޑީސީގެ ވެއާހައުސް ސްޕޭސްއެއް ކަނޑައަޅައިދިނުމުގެ އިންތިޒާމްތައްވެސް ވަނީ ހަމަޖައްސައިދީފައެވެ. އަދި މި ކެމްޕެއިންގެ ދަށުން އެޗްޑީސީގެ ޑިޒައިން ޓީމުން ގެތައް އެޅުމުގެ ޑިޒައިނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އެއްބަސްވެފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
މަމްސް އެންޖީއޯއަކީ މުޖުތަމައުގައި އެންމެ އެހީތެރިކަން ބޭނުންވެފައިވާ ގިނަ އާއިލާތަކަށް އެއްބާރުލުން ފޯރުކޮށްދޭ އަމިއްލަ ޖަމިއްޔާއެކެވެ. މަމްސް އެންޖީއޯގެ މައިގަނޑު މަގުސަދަކީ ދިވެހި މަންމައިން ބާރުވެރިކުރުވުމެވެ. މިއީ މީސްމީޑިއާ ފޭސްބްކްގައި "މަމްސް އެމްވީ" ގެ ނަމުގައި މަންމައިން އިސްވެ ހިންގާ އެމްޖީއޯއެކެވެ. މި ގްރޫޕްގައި 39 ހާހަށްވުރެން ގިނަ މައިން ހަރަކާތްތެރިވެއެވެ.

ކިޔުންތެރިންގެ ހިޔާލު