އެމްޑީޕީގެ މެންބަރުންގެ ދަފްތަރު އޮތީ ގަޑުބަޑު ކޮށްފައި ކަމަށާއި އެގޮތަށް އެކަންއޮވެ ޕްރައިމަރީއަށް ގޮސްފިނަމަ އިންތިހާބު އިންސާފުވެރި ނުވާނެކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓަކު ހޮވަން ބާއްވާ އެ ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރައްވަން ނިންމަވާ ޕާޓީގެ އޮފީހަށް ހުށަހެޅުއްވި ސިޓީ އާންމު ކުރައްވަމުން ނަޝީދު މިއަދު ވިދާޅުވީ، އެމްޑީޕީގެ ވޯޓުލާ ދަފްތަރުން ސާޅީސް ހާހެއްހާ މެންބަރުން، އެ މެންބަރުންނަށް އެނގުމަކާނުލާ އުނިކުރުމުން އޮތީ ގަޑުބަޑުވެފައި ކަމަށެވެ
އަދި އެހެން އެކަން އޮއްވާ ޕްރައިމަރީއަކަށް ގޮސްފިނަމަ އެ އިންތިހާބެއް އިންސާފުވެރި ވާނެކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި ޕާޓީއަށް ހިތުން ރުހުމުން ގުޅިފައިވާ 40 އިންސައްތަ މެންބަރުންގެ ހައްގާއި ބައިވެރިވުން ގެއްލުވާލައި، ބާއްވާ އިންތިހާބަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕާޓީއަށް އިންތިހާއަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށެވެ. އަދި އެއީ ޕާޓީގެ މަސްލަހަތު ހިފެހެއްޓޭނެ ކަމެއް ނޫންކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ރިޔާސީ ޕްރައިމަރީގައި ވޯޓުލާއިރު ޕާޓީގެ ވޯޓުލާ ދަފްތަރުގެ ގޮތުގައި މިހާތަނަށް ބަލަމުންއައި ދަފްތަރުގައި ހިމެނޭ މެންބަރުންގެ ވޯޓު ލުމުގެ ހައްގު ނުގެއްލޭނެކަމަށް ކަށަވަރު ކުރުމަށް ރައީސް ނަޝީދުގެ ސިޓީގައި ވަނީ ޕާޓީގެ ސެކްރެޓޭރިއެޓްގެ އަރިހުން އެދިވަޑައިގެންފައެވެ.
ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވުމަށްފަހުވެސް ދަފްތަރުގެ ވާހަކަ ނަޝީދު ދައްކަވާފައިވާއިރު، ޕާޓީން ގެއްލިފައިވާ ކަމަށްބުނާ މެންބަރުން، އެ މެންބަރުން އަމިއްލައަށް ފޯމް ފުރައިގެން އަލުން އެމްޑީޕީއަށް ވަނުމަށް މީގެކުރިން އެމަނިކުފާނުވަނީ ގޮވާލައްވަފައެވެ. އަދި އެމަނިކުފާނަށް ތާއީދު ކުރާ މެންބަރުންނާއިއެކު ސިއްރިއްޔާތުގައި ޕްރައިމަރީއަށް ތައްޔާރުވަމުން ގެންދެވިއިރު އެ މެންބަރުންނާއިއެކު ހަދާފައިއޮންނަ ވަޓްސްއެޕް ގްރޫޕެއްގައި ވެސް މި ދަފްތަރުގެ މައްސަލައިގައި މަސައްކަތް ކުރެއްވިކަންވަނީ ހާމަވެފައެވެ.

Party ge memberunge dhaftharu vanee gadubadu kohfa pic.twitter.com/eOornp1iPf
— Mohamed Nasheed (@MohamedNasheed) December 19, 2022
ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވުމަށްފަހުވެސް ދަފްތަރުގެ ވާހަކަ ނަޝީދު ދައްކަވާފައިވާއިރު، ޕާޓީން ގެއްލިފައިވާ ކަމަށްބުނާ މެންބަރުން، އެ މެންބަރުން އަމިއްލައަށް ފޯމް ފުރައިގެން އަލުން އެމްޑީޕީއަށް ވަނުމަށް މީގެކުރިން އެމަނިކުފާނުވަނީ ގޮވާލައްވަފައެވެ. އަދި އެމަނިކުފާނަށް ތާއީދު ކުރާ މެންބަރުންނާއިއެކު ސިއްރިއްޔާތުގައި ޕްރައިމަރީއަށް ތައްޔާރުވަމުން ގެންދެވިއިރު އެ މެންބަރުންނާއިއެކު ހަދާފައިއޮންނަ ވަޓްސްއެޕް ގްރޫޕެއްގައި ވެސް މި ދަފްތަރުގެ މައްސަލައިގައި މަސައްކަތް ކުރެއްވިކަންވަނީ ހާމަވެފައެވެ.
ކިޔުންތެރިންގެ ހިޔާލު