ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންވިނަމަ ރާއްޖެއަށް ލިބޭ ގެއްލުން ބޮޑުވާނެކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކާ އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނަޝީދު ނިންމަވާފައިވާކަން ނަޝީދު ހާމަކުރައްވާފައިވަނިކޮށް ޒައިދު މިއަދު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި މަދު ރަނގަޅުކަމެއް ކުރައްވާފައި ނުވާކަމަށް ނުދަންނަވާނެ ކަމަށާއި ނަމަވެސް އޭރުވެސް ފައިދާއަށްވުރެ ބޮޑަށް ލިބުނު ގެއްލުން މާބޮޑަށްވެސް ބޮޑުވެގެން ދިޔަކަމަށާއި ލައްކަ ކަންތައްތަކާ އޭރު ރައްޔިތުން ކުރިމަތިލާން ޖެހުނު ކަމަށެވެ.
އެހެންކަމުން، ރައީސް ނަޝީދު އަލުން ވެރިކަމަށް ވަޑައިގެންފިނަމަ އެކަމުން ދިވެހީންނަށް ލިބޭ ގެއްލުން ބޮޑުވާނެކަމަށް ގަބޫލު ކުރައްވާކަމަށް ޒައިދު ވަނީ ވިދާޅުވެފައެވެ.
ޒައިދު މިފަދައިން ވިދާޅުވިއިރު އޭނާއަކީ ރައީސް ނަޝީދާއި ވަރަށް ބޮޑަށް ދެކޮޅު ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ބޭފުޅެކެވެ. ހާއްސަކޮށް ގައުމުގެ ވެރިކަން ރައީސް ނަޝީދާއި ހަވާލުކުރުމާގުޅޭ ކޮންމެ ބަހުސެއްގައިހެން ޒައިދު އެކަމާ ދެކޮޅަށް ހިޔާލު ފާޅުކުރައްވަމުން ގެންދަވައެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އިއްޔެ ރައީސް ނަޝީދު ވަނީ ރަސްމީކޮށް އިއުލާނު ކުރައްވާފައެވެ.

އަޅުގަނޑުގެ ނަޒަރުގައި ރނ އަނބުރާ ވެރިކަމަށްގެނައުމަކީ ދިވެހީންނަށް ގެއްލުން ބޮޑުވާނެކަމެއް! މަދު ރަނގަޅުކަމެއް ނުކުރައްވައޭ ނުދަންނަވަން! ނަމަވެސް އޭރުވެސް ފައިދާއަށްވުރެ ގެއްލުން މާބޮޑަށްވެސް ބޮޑުވިތަން އެންމެން ދުށީމު! ލައްކަ ކަންތައްތަކާއި ރައްޔިތުންއޭރު ކުރިމަތިލާންޖެހުނު!
— Ali Zaid (@alizaid1000) December 19, 2022
ޒައިދު މިފަދައިން ވިދާޅުވިއިރު އޭނާއަކީ ރައީސް ނަޝީދާއި ވަރަށް ބޮޑަށް ދެކޮޅު ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ބޭފުޅެކެވެ. ހާއްސަކޮށް ގައުމުގެ ވެރިކަން ރައީސް ނަޝީދާއި ހަވާލުކުރުމާގުޅޭ ކޮންމެ ބަހުސެއްގައިހެން ޒައިދު އެކަމާ ދެކޮޅަށް ހިޔާލު ފާޅުކުރައްވަމުން ގެންދަވައެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އިއްޔެ ރައީސް ނަޝީދު ވަނީ ރަސްމީކޮށް އިއުލާނު ކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު