ނިމިގެންދިޔަ ކާމިޔާބު ވޯލްޑް ކަޕެއްކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، ޤަތަރުގެ އަމީރު ތަމީމް ބިން ހަމަދު އަލް ޡާނީއަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރޭ ނިމުނު ވޯލްޑް ކަޕަކީ މެދު އިރުމަތީގައި ބޭއްވި ފުރަތަމަ ވޯލްޑް ކަޕެވެ. މަހެއްހާ ދުވަހަށް ދެމިގެންދިޔަ ކުޅިވަރުގެ މި އީދަކީ މިހާތަނަށް ބޭއްވި އެންމެ ފުރިހަމަ ވޯލްޑް ކަޕްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ނިމިގެންދިޔައީ ކާމިޔާބު ވޯލްޑް ކަޕެއްކަމަށް ވިދާޅުވެ، ޤަތަރުގެ އަމީރަށާއި އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ޤަތަރުގައި ބޭއްވި ވޯލްޑް ކަޕުން ދައްކުވައިދިނީ އެއްބައިވަންތަކަމާއި އެކުވެރިކަންކަމަށެވެ. އަދި ތަފާތު ސަގާފަތްތައް ގުޅުވައިދޭ ބާރަކަށް ފުޓްބޯޅަ ހެދޭނެކަން ޤަތަރުގެ ވޯލްޑް ކަޕުން ދައްކުވައިދީފިކަމަށްވެސް ރައީސް ވިދާޅުވިއެވެ.



ޤަތަރުގައި ބޭއްވި ވޯލްޑް ކަޕް ނިމިފައިވާއިރު، މި މުބާރާތަކީ މާބޮޑު މައްސަލަތަކެއް ދިމާނުވެ، ހަމަނުޖެހުންތައް ނުހިނގާ ނިންމާލި ވޯލްޑް ކަޕެކެވެ.

ވޯލްޑް ކަޕް ބޭއްވުމަށް އެތައް ބިލިއަން ޑޮލަރެއް ޤަތަރުން ހޭދަކޮށްފައިވާއިރު އެ ޤައުމަށްވެސް ވޯލްޑް ކަޕްގެ ސަބަބުން ވަނީ އެތައް ފައިދާތަކެއްކޮށްފައެވެ. އަދި ގިނަ ބައެއްގެ ތައުރީފް ދަނީ ޤަތަރަށް އޮހެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު